މާލެ: 31°C

އިންޑިއާގެ މުސްލިމުން ހިމާޔަތްކުރަން އޮބާމާ ގޮވާލުމުން އިންޑިއާ ހިތްހަމަނުޖެހިއްޖެ!

June 28, 2023
2 ފަހަރު ބަލާފައި
އިންޑިއާގެ މުސްލިމުން ހިމާޔަތްކުރަން އޮބާމާ ގޮވާލުމުން އިންޑިއާ ހިތްހަމަނުޖެހިއްޖެ!
އިންޑިއާގެ މުސްލިމުން ހިމާޔަތްކުރަން އޮބާމާ ގޮވާލުމުން އިންޑިއާ ހިތްހަމަނުޖެހިއްޖެ!

އިންޑިއާގެ މުސްލިމުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އެ ގައުމުގެ ސަރުކާރަށް، އެމެރިކާގެ ކުރީގެ ރައީސް ބަރަކްއޮބާމާ ގޮވާލުމުން އިންޑިއާ ސަރުކާރުން އެކަން ކުށްވެރިކޮށް އޮބާމާއަށް ފާޑުވިދާޅުވެއްޖެއެވެ.

މި ވަޒީރުން ވަނީ އޮބާމާގެ މައްޗަށް ކުށްވެރިކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ދާދި ފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަނޑިވަޅުގައި ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި އޮބާމާ ވިދާޅުވީ ހިންދޫންގެ އަގުލަބިއްޔަތު އޮންނަ އިންޑިއާގެ މުސްލިމުން ހިމާޔަތް ކުރުމުގެ މައްސަލައަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ މޯދީއާ ދެ ބޭފުޅުން ބޭއްވި  ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އޮބާމާގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވިދާޅުވީ އިންޑިއާއަކީ ހުރިހާ ރައްޔިތުންނަކީ އާއިލާގެ ބައެއްގެ ގޮތުގައި ދިރިއުޅެމުންދާ ގައުމެއްކަން އޮބާމާ ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. އަދި އޮބާމާގެ ވެރިކަމުގައި މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ގައުމުތަކުގައި އަސްކަރީ ނުފޫޒު ފޯރުވި ކަމަށް އިޝާރާތް ކުރައްވައި، އޮބާމާ ގެ އަމިއްލަ އަމަލުތަކާ މެދު ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން ވެސް ވަނީ އޮބާމާގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް މޯދީ ކުރައްވާ ދަތުރުފުޅުގައި އެފަދަ ވާހަކަތަކެއް ދެއްކެވުމުން އެކަމާ ހިތާމަކުރާ ކަމަށް ނިރްމަލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޮބާމާގެ ވެރިކަމުގައި ސީރިއާ އާއި ޔަމަން ފަދަ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގައި ބޮން އަޅާފައިވާ ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މީގެ ކުރިން ވެސް ވަނީ މޯދީ އިސްވެ ހުންނަވާ ވެރިކަން ކުރާ ހިންދޫ ނޭޝަނަލިސްޓް ޕާޓީގެ ދަށުން އިންޑިއާގައި މުސްލިމުންނާއި އެހެނިހެން ދީނީ މައިނޯރިޓީންނާ މެދު އަމަލުކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ބުނަމުން ދަނީ ހުރިހާ ރައްޔިތުންނާ މެދު ވެސް އަމަލު ކުރަނީ ހަމަހަމަކޮށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ