މާލެ: 31°C

އިންޑިޔާގެ ޖުމްހޫރީ ދުވަސް ފާހަގަކޮށްފި، މިސްރުގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވި

January 27, 2023
2 ފަހަރު ބަލާފައި
އިންޑިޔާގެ ޖުމްހޫރީ ދުވަސް ފާހަގަކޮށްފި، މިސްރުގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވި
އިންޑިޔާގެ ޖުމްހޫރީ ދުވަސް ފާހަގަކޮށްފި، މިސްރުގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވި
އިންޑިޔާގެ 74 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިސްރުގެ ރައީސް އަބްދުލްފައްތާހް އަލްސީސީ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފިއެވެ. އިންޑިއާގެ ދިފާއީ ގާބިލުކަމާއި ސަގާފީ ތަރިކަ ދައްކުވައިދޭ ޕެރޭޑެއް ބެލުމަށް ބުރަސްފަތި ދުވަހު ވެރިރަށް ނިއްދިއްލީގައި އެތައް ހާސް ބަޔަކު ޖަމާވިއެވެ. އަދި ޓީވީ މެދުވެރިކޮށް މިލިއަނެއްހާ މީހުން ވަނީ ޕެރޭޑް ބަލާފައެވެ. މި ދުވަހަކީ އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނުތާ ތިން އަހަރު ފަހުން 1950 ވަނަ އަހަރު އިންޑިއާ އިން ރަސްމީކޮށް ގާނޫނު އަސާސީ ބަލައިގަނެ ސިޔާދަތީ ޖުމްހޫރިއްޔަތަކަށް ބަދަލުވިތާ އަހަރީ ދުވަހެވެ. ހިނގާލުމުގައި ބޭންޑްތަކާއެކު، އެގައުމުގެ އަސްކަރިއްޔާއާއި، ބޯޑަރާއި، ފުލުހުންގެ އަސްކަރިއްޔާގެ ސިފައިން ވަނީ އެ މީހުންގެ ހުނަރުތައް ދައްކާލާފައެވެ. ތިން ދުވަހުގެ ދަތުރުފުޅެއްގައި އިންޑިއާއަށް ކުރައްވަމުން ގެންދަވާ އަލް ސީސީ ވެފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާއަށް ދައުވަތު ދެއްވި މިސްރުގެ ފުރަތަމަ ރައީސަށެވެ. މިސްރުގެ ރައީސް ވަނީ އިންޑިއާ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ މިފަދަ ޝަރަފުވެރި ގައުމީ ދުވަހެއްގެ ޝަރަފުވެރި މެހެމާނަކަށްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ޕެރޭޑުގައި ބައިވެރިވެވަޑައިގެންނެވީ ބޮޑު ވަޒީރު ނަރެންދުރާ މޯދީ އާއި ރައީސް ޑްރޫޕަދީ މުރުމޫ އަރިހުގައެވެ. "މިސްރާއި އިންޑިޔާއާ ދެމެދު އޮތް ގުޅުމަކީ ހަމަޖެހުމާއެކު ބެލެންސް ގުޅުމެއް. އަޅުގަނޑުމެންނަށް ފެނުނީ ހަމައެކަނި ބިނާކުރަނިވި ތަރައްގީ. އަޅުގަނޑުމެން އެންމެން ވެސް ތިބީ ވަރަށް ޕޮސިޓިވްކޮށް ކުރިއަރަމުން،" ސީސީ ވިދާޅުވިއެވެ. ޒަމާނުއްސުރެ ވިޔަފާރީގެ ބައިވެރިންގެ ގޮތުގައި އޮތް އިންޑިއާ އާއި މިސްރުން މި އަހަރު އަންނަނީ ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބުރާސްފަތި ދުވަހުގެ ޕެރޭޑްގައި މިސްރު ސިފައިންގެ 144 މީހުންގެ ކޮންޓިންޖެންޓެއްގެ ހިނގާލުމެއް ވެސް ހިމެނުނު ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ދެ ގައުމުގެ ސްޕެޝަލް ފޯސަސް ގުޅިގެން އިންޑިއާގެ ހުޅަނގުގެ ސްޓޭޓްތައް ކަމަށްވާ ރާޖަސްތާނުގެ އުދޭޕޫރު، ޖޯދްޕޫރު އަދި ޖައިޕޫރުގައި ވެސް އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ