އިންޑިއާގެ ފައްޅިއެއްގައި މީހަކު "ގުރުބާން" ކުރި ބަޔަކު ހައްޔަރުކޮށްފި

އިންޑިއާގެ ފައްޅިއެއްގައި މީހަކު "ގުރުބާން" ކުރި ބަޔަކު ހައްޔަރުކޮށްފި
ލިޔުން:
އިންސާނަކު "ގުރުބާން" ކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 64 އަހަރުގެ ޝާންތީ ޝޯ ނަމަކަށް ކިޔާ އަންހެން މީހާ މަރާލާފައި ވަނީ 2019 ވަނަ އަހަރު ގުވަހާޓީ ސިޓީގެ ފައްޅިއެއްގައެވެ.
ނަމަވެެސް މަރުވި މީހާގެ ހަށިގަނޑު މި އަހަރު ޖެނުއަރީ މަހު ފެނުމާއި ހަމަޔަށް ފުލުހުންނަށް އެ މައްސަލާގައި ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ.
ހަށިގަނޑު ފެނުމާއެކު އަލުން މައްސަލަ ތަހުގީގުކޮށް މީހުން ހައްޔަރުކޮށްފައިވާއިރު މައްސަލާގައި ޝަމިލްވާ އިތުރު ބަޔަކު އަދިވެސް ފިލައިގެން ތިބެދާނެ ކަމަށް ފުލުހުންނަށް ގަބޫލުކުރެވެއެވެ.
"ފަސް މީހުން ރޭވީ އަންހެން މީހާ މަރާލަން، ޖުމްލަ 12 މީހަކު ބައިވެރިވި" ގުވަހާޓީގެ ޕޮލިސް ކޮމިޝަނަރު ދިގަންތާ ބަރާހް ވިދާޅުވިއެވެ.
ބަރާހް ވިދާޅުވީ އެ ޖަރީމާގެ މޭސްތިރިކަމަށް ބެލެވޭ އުމުރުން 52 އަހަރުގެ ޕްރަދީޕް ޕަތަކް، އޭނާގެ ކޮއްކޮގެ މަރުވިތާ އެއް އަހަރު ފާހަގަކުރުމުގެ ގޮތުން ދީނީ އަޅުކަމެއްގެ ގޮތުގައި އަންހެން މީހާ "ގުރުބާން" ކޮށްފައިވާ ކަމަށެވެ.
އެމީހުން އެކަން ކޮށްފައިވަނީ އިންސާނަކު ގުރުބާން ކުރުމުން މަރުވި މީހާގެ ފުރާނައަށް ހަމަޖެހުން ލިބޭނެ ކަމަށް ގަބޫލުކުރެވޭތީއެވެ.
އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ އަށް 2014 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އިންސާނުން ގުރުބާންކުރުމުގެ 103 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
ވެރިރަށް ނިއު ދިއްލީގައި މިދިޔަ އަހަރު ހިނގި ހާދިސާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ދެ މީހަކު ވަނީ ހަ އަހަރުގެ ކުއްޖަކު މަރާލާފައެވެ.
އެމީހުން އެ ޖަރީމާ ހިންގާފައިވަނީ މުއްސަނދިވުމަށްޓަކައި ހިންދޫދީނުގެ ކަލާނގެ ޝިވާއަށް ހަދިޔާއެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
