މާލެ: 31°C

އިންޑިއާގެ ފެކްޓްރީއަކުން ގޭސް ލީކުވެ 11 މަރު

April 30, 2023
2 ފަހަރު ބަލާފައި
އިންޑިއާގެ ފެކްޓްރީއަކުން ގޭސް ލީކުވެ 11 މަރު
އިންޑިއާގެ ފެކްޓްރީއަކުން ގޭސް ލީކުވެ 11 މަރު
އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ފެކްޓްރީއަކުން ގޭސް ލީކުވި ހާދިސާއެއް ގައި 11 މީހަކު މަރުވެ ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މިއަދު ހެނދުނު ގޭސް ލީކުވީ އެ ސިޓީގެ ގިޔާސްޕޫރާ ސަރަހައްދުގައި ހުންނަ ފެކްޓްރީއަކުންނެވެ. ޑިސްޓްރިކްޓް ޕަބްލިކް ރިލޭޝަންސް އޮފީހުން ބުނީ ހާދިސާގައި 11 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު އިތުރު ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ފަސް އަންހެނުންނާއި ހަ ފިރިހެނުން ހިމެނޭއިރު އޭގެ ތެރޭގައި 10 އަހަރާއި 13 އަހަރުގެ ދެ ފިރިހެން ކުދިންވެސް ހިމެނެއެވެ. ހާދިސާ ހިނގި ސަރަހައްދުގައި ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) ގެ އޮފިޝަލުންނާއި ޑޮކްޓަރުންގެ ޓީމެއްގެ އިތުރުން ފަޔާ ބްރިގޭޑުން ދަނީ ހަރަކާތްތެރިވަމުންނެވެ. އޮފިޝަލަކު ވިދަޅުވީ ހާދިސާ ހިނގަން ދީމާވީ ސީދާ ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގްވަންތު މަން ވަނީ ލުދިއާނާގައި ގޭސް ލީކުވި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި އެޑްމިނިސްޓްރޭޝަން އަދި އެންޑީއާރްއެފްގެ ޓީމުތައް މިހާރު ތިބި ކަމަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހާދިސާ ދީމަވީ ޑެއިރީ ޕްރޮޑަކްޓް އުފައްދާ ފެސިލިޓީއެއް ކަމަށްވާ ގޯޔަލް މިލްކް ޕްލާންޓްގެ ފިނިކުރުމުގެ ނިޒާމުގެ ސަބަބުން ގޭސް ލީކުވުމުންނެވެ. އޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ހޭނެތުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 300 މީޓަރުގެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ނޭވާލާން އުނދަގޫވެ، އެ ސަރަހައްދު ހުސްކުރަން ޖެހުނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ