މާލެ: 31°C

އިންޑިއާއިން ހަނޑޫ އެކްސްޕޯޓް ކުރުން ލިމިޓްކޮށްފި

July 23, 2023
2 ފަހަރު ބަލާފައި
އިންޑިއާއިން ހަނޑޫ އެކްސްޕޯޓް ކުރުން ލިމިޓްކޮށްފި
އިންޑިއާއިން ހަނޑޫ އެކްސްޕޯޓް ކުރުން ލިމިޓްކޮށްފި
ބާސްމަތީ ނޫން ހަނޑޫ އެކްސްޕޯޓް ކުރުން އިންޑިއާއިން މަނާކޮށްފިއެވެ. އެ ފިޔަވަޅު އަޅާފައިވަނީ އެތެރޭގެ އަގުތައް އުފުލިގެން ދިޔުން ހުއްޓުވުމުގެ ގޮތުންނެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ހަނޑުލުގެ އަގު ވަނީ 11 އިންސައްތަ އަށް ވުރެ މައްޗަށް ގޮސްފައެވެ. އިންޑިއާއިން މިހާރު އެކްސްޕޯޓުކުރާ ހަނޑުލުގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރަނީ ބާސްމަތީ ފިޔަވާ އެހެން ހަނޑޫ ކަމަށް ކޮންސިއުމާ އެފެއާޒް މިނިސްޓްރީން ސިޔާސަތަށް ގެނައި ބަދަލާ އެކު ބުންޏެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ އަގުއުފުލިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުންދެއެވެ. "މިކަމުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ އަގަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބުނުމަކީ އިންސާފުވެރި ކަމެއް،" ހާގްރީވްސް ލެންސްޑައުންގެ ހެޑް އޮފް އިންވެސްޓްމަންޓް އެނަލިސިސް އެންޑް ރިސާޗް އެމާ ވޯލް ވިދާޅުވިއެވެ. ކާބޯތަކެތީގެ ސަޕްލައިއަށް މިހާރުވެސް ޕްރެޝަރު ކުރިމަތިވެފައި މިވަނީ، ޔޫކްރެއިންގެ ގޮވާމުގެ ބާވަތްތައް ރައްކާތެރިކަމާއެކު ލިބޭނެ ކަމުގެ ޔަގީންކަން ދޭ އެއްބަސްވުމުން ރަޝިއާއިން މި ހަފުތާގައި އުވާލުމާއި ގުޅިގެންނެވެ. އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓްކުރާ ގައުމަށް ވާއިރު، ދުނިޔޭގެ ޝިޕްމަންޓްތަކުގެ 40 އިންސައްތަ ހިއްސާކުރަނީ އިންޑިއާއެވެ. ބާސްމަތީ ނޫން ހަނޑޫ މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ އޭޝިއާ އާއި އެފްރިކާގެ ގައުމުތަކަށެވެ. އިންޑިއާ ސަރުކާރުން މިދިޔަ އަހަރު ވަނީ 20 ޕަސެންޓް އެކްސްޕޯޓް ޓެކްސް ނަގަން ފަށާފައެމީގެ އިތުރުން ހުއިފިލަނޑާ އާއި ހަކުރު ޝިޕްމަންޓް ވެސް ވަނީ ލިމިޓްކޮށްފަ އެވެ. އެކަމަކު އެކްސްޕޯޓް ކުރުމަކީ އެތެރޭގެ ގޮތުން ވިއްކުމަށް ވުރެ އިންޑިއާގެ ދަނޑުވެރިންނަށް ފައިދާ ބޮޑު ކަމަކަށް ވެދާނެ އެވެ. ސަރުކާރުން ބުނީ ދަނޑުވެރިންނަށް އަދިވެސް "ލޯންގް ގްރެއިން" ބާސްމަތީ ހިމެނޭ ގޮތަށް އެހެނިހެން ބާވަތްތަކުގެ ހަނޑޫ އެކްސްޕޯޓް ކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ރަނގަޅު ފައިދާ ލިބޭނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޭނުންވާ ކަންކަމަށް ރިއާޔަތްކޮށް އެހެން ގައުމުތަކަށް ޝިޕްމަންޓް ގެނައުމުގެ ހުއްދަ ދިނުމަށް ދައުލަތުން އެދުމުން ވެސް ވިސްނާނެ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑް އިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ