މާލެ: 31°C

އިންޑިއާއިން ޖެހި ޖެހިގެން ފަސް ވަނަ ދުވަހު 10،000 ކޮވިޑް ކޭސް

April 23, 2023
2 ފަހަރު ބަލާފައި
އިންޑިއާއިން ޖެހި ޖެހިގެން ފަސް ވަނަ ދުވަހު 10،000 ކޮވިޑް ކޭސް
އިންޑިއާއިން ޖެހި ޖެހިގެން ފަސް ވަނަ ދުވަހު 10،000 ކޮވިޑް ކޭސް
އިންޑިއާއިން ޖެހިޖެހިގެން ފަސް ވަނަ ދުވަހު 10،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 10،112 މީހުންނަށް ބަލި ޖެހިފައިވާ ކަމަށް އިންޑިއާގެ ޔޫނިއަން މިނިސްޓަރު އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާ އިން ވަނީ ހާމަކޮށްފައެވެ. ހޮނިހިރު ދުވަހު ޕޮޒިޓިވްވި ކޭސްތަކާ އަޅާ ބަލާއިރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ކުޑަ ތަންކޮޅެއް ދަށްވެފައެވެ. ޔޫނިއަން ހެލްތް މިނިސްޓްރީން ބުނީ ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 67،806 އަށް އަރާފައިވާ ކަމަށެވެ. ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މިހާރު ބަލިން ރަނގަޅުވާ ރޭޓަކީ 98.66 ޕަސެންޓެވެ. ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 9،833 މީހަކު ކޮވިޑުން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ 442،92،854 އަށް އަރާފައެވެ. ޖުމްލަ 220.66 ކްރޯޑް ވެކްސިން ޑޯޒް ދީފައިވާއިރު އޭގެ ތެރޭގައި 95.21 ކްރޯޑް ދެވަނަ ޑޯޒް އަދި ރައްކާތެރިކަމުގެ 22.87 ކްރޯޑް ޑޯޒް ހިމެނެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1947 ޑޯޒް ޖަހާފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހެދި ޓެސްޓުތަކުގެ އަދަދަކީ 143،899 ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އިންޑިއާގައި ކޭސްތައް އިތުރުވަމުންދާތީ، ހާލަތު ދެނެގަތުމަށް ބޮޑުވަޒީރުގެ ޕްރިންސިޕަލް ސެކްރެޓަރީ ޑރ ޕީކޭ މިޝްރާ ރިޔާސަތު ބެލެހެއްޓެވި މަތީ ފެންވަރުގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ސިއްހީ އިންފްރާސްޓްރަކްޗާ، ލޮޖިސްޓިކްސް، ޑްރަގްސް އަދި ވެކްސިން ކެމްޕެއިންގެ ތައްޔާރީތަކާ ބެހޭ ގޮތުންނެވެ. އެ ބައްދަލުކުރެއްވުމުގައި، "ޓެސްޓް-ޓްރެކް-ޓްރީޓް" ވެކްސިނޭޝަން ސްޓްރެޓެޖީ ތަންފީޒުކުރުމާއި، "ކޮވިޑް އެޕްރޫބަލް ބިހޭވިއާ" އަށް އަމަލުކުރުމާއި، މުޖުތަމައުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ