މާލެ: 31°C

އިންޑިއާގެ ވެސްޓް ބެންގާލްގެ އިންތިހާބުގައި 11 މީހުން މަރާލައިފި

July 9, 2023
2 ފަހަރު ބަލާފައި
އިންޑިއާގެ ވެސްޓް ބެންގާލްގެ އިންތިހާބުގައި 11 މީހުން މަރާލައިފި
އިންޑިއާގެ ވެސްޓް ބެންގާލްގެ އިންތިހާބުގައި 11 މީހުން މަރާލައިފި
އިންޑިއާގެ ވެސްޓް ބެންގާލްގެ މުނިސިޕަލް އިންތިހާބާ ދިމާކޮށް ހަމަނުޖެހުންތަކެއް ހިނގައި 11 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ވެސްޓް ބެންގާލަކީ އިންތިހާބީ ކެމްޕެއިންތަކުގައި ސިޔާސީ ހަމަނުޖެހުން ހިންގުމުގެ މަޝްހޫރު ސަރަހައްދެކެވެ. ވާދަވެރިކަން ބޮޑު މި އިންތިހާބުގެ ވޯޓުލީ ހޮނިހިރު ދުވަހުއެވެ. ގާތްގަނޑަކަށް 104 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ސްޓޭޓްގެ އެކި ކަންކޮޅުތަކުގައި އިންތިހާބީ މަރުހަލާގައި ދެ ލައްކައަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނިއުސް އެޖެންސީއާ ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ސްޓޭޓުގައި އިންތިހާބާ ގުޅިގެން 11 މީހަކު ވަނީ މަރުވެފަ އެވެ. އެ ސްޓޭޓުގައި މިހާރު ވެރިކަން ކުރަމުން ދަނީ އިދިކޮޅު ޓްރިނަމޫލް ކޮންގްރެސް ޕާޓީންނެވެ. މަރުވި މީހުންގެ ތެރޭގައި ޓްރިނަމޫލް ކޮންގްރެސް ޕާޓީގެ ހަ މެމްބަރަކާއި ބީޖޭޕީގެ މެމްބަރަކާއި ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާ (މާކްސިސްޓް)، ކޮންގްރެސް އަދި ސަރަހައްދީ މުސްލިމް ޕާޓީއެއްގެ އެކްޓިވިސްޓުންތަކެކެވެ. އެގާރަ ވަނަ މީހާގެ ވަނަވަރު ދެނެގަނެވިފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ. ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުންނަމަ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި އޮތް ނަމަވެސް ސިޔާސީ ޕާޓީތަކުން މީހުން ބަޑިހިފައިގެން މަގުތަކުގައި ހިނގާބިނގާވެ އުޅެއެވެ. ވޯޓު ފޮށިތައް ނަގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންތިހާބާ ދިމާކޮށް ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަލަބޮލިކަމުގެ ޒިންމާ އެކަކު އަނެކަކަށް އުފުލަން ޖެހޭ ކަމަށް ވާދަވެރި ސިޔާސީ ޕާޓީތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. މި އިންތިހާބާ ދިމާކޮށް ވޯޓުލާ މީހުންނަށް ބިރު ދެއްކުމަށް ނުވަތަ ގެއްލުން ދިނުމަށް ބޭނުންކުރާ 200 އަށް ވުރެ ގިނަ "ކްރޫޑް ބޮން" ފެނިފައިވާ ކަމަށް ފުލުހުން ވަނީ ރިޕޯޓްކޮށްފަ އެވެ. މިއީ ކަޅު ބާޒާރުގައި ވަރަށް ފަސޭހައިން އަގުހެޔޮކޮށް ލިބެން ހުންނަ ބޮމެވެ. 2011 ވަނަ އަހަރު ޓްރިނަމޫލް ކޮންގްރެސްގެ ލީޑަރު މަމްތާ ބަނަރްޖީ ކޮމިއުނިސްޓުން ބަލިކުރުމާ ހަމައަށް ވެސްޓް ބެންގާލްގައި ވެރިކަން ކުރަމުން އައީ ކޮމިއުނިސްޓް ޕާޓީއެއްގެ ދަށުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މަމްތާ ވަނީ ހިންދޫ ނޭޝަނަލިސްޓް ފިކުރަށް ތާއީދުކުރާ ބީޖޭޕީން އެ ސްޓޭޓަށް ބައިބައިވުން އުފައްދަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ