އިންޑިއާގެ މުސްލިމަކު މަރާލި 10 މީހަކަށް 10 އަހަރުގެ ޖަލު ހުކުމެއް!

އިންޑިއާގެ މުސްލިމަކު މަރާލި 10 މީހަކަށް 10 އަހަރުގެ ޖަލު ހުކުމެއް!
ލިޔުން:
އިންޑިއާގައި އުމުރުން 24 އަހަރުގެ މުސްލިމް ފިރިހެނެއް ކަމަށްވާ ތަބްރޭޒް އަންސާރީއަށް އަނިޔާކޮށް މަރާލި މައްސަލާގައި 10 މީހަކު 10 އަހަރަށް ޖަލަށްލުމަށް އިންޑިއާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
އެކަމެއް ހިނގީ މީގެ ހަތަރު އަހަރު ކުރިން އިރުމަތީ އިންޑިއާގެ ޖަރްކާންދް ސްޓޭޓްގައެވެ. ހިންދޫންގެ ބަޔަކު އަންސާރީ އަށް އަނިޔާކުރީ ސައިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށެވެ.
އޭނާއަށް ހަމަލާ ދެމުން ދިޔަ ވީޑިއޯއެއްވެސް އޭރު އާއްމުވިއެވެ. އެ ވީޑިއޯގައި ހިންދޫ ދީނަށް ތައުރީފު ކުރަން އަންސާރީއަށް މަޖުބޫރުކުރުވާ މަންޒަރު ފެނެއެވެ. 2019 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުގެރޭ ރިކޯޑް ކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުން ކަރަންޓު ތަނބެއްގައި ބަނދެ، އަންސާރީއަށް ހަމަލާދެމުން ދިޔައެވެ.
އެ މީހުންގެ ޑިމާންޑްތަކަށް ބޯލަނބައި، އިރުޝާދާ އެއްގޮތަށް އަމަލުކުރުމުންވެސް މުޅި ރޭ އޭނާ އަށް އަނިޔާކުރިއެވެ. ޖެހިގެން އައި ދުވަހު ވައްކަމުގެ ތުހުމަތުގައި އޭނާ ފުލުހުންނާ ހަވާލުކުރިއެވެ. އާއިލާއިން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް އަންސާރީ ގެންދިޔައިރު އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.
އަންސާރީ މަރުވީ ޖޫން މަހުގެ 22 ވަނަ ދުވަހު ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.
މިދިޔަ ހަފުތާގައި ޝަރީއަތުގެ މަޖިލީހުގެ ގާޒީ އަމިތު ޝޭކަރް ވަނީ އެ 10 މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ.
މިއީ ހިންދޫންގެ ބަޔަކު މުސްލިމަކު މަރާލީ ފުރަތަމަ ފަހަރެއް ނޫނެވެ. ގެރި އަކީ ހިންދޫންގެ ގިނަ ބަޔަކު މާތް އެއްޗެއް ކަމަށް ދެކޭތީ، ގެރިމަސް ކެއުމުގެ ވާހަކަތައް ނުވަތަ ގެރި ވަގަށް ނެގި ކަމުގެ ތުހުމަތުގެ މައްޗަށް ބިނާކޮށް މުސްލިމުންނަށް ހަމަލާދޭ މިފަދަ އެތައް ހާދިސާއެއް މިފަހަކަށް އައިސް އިންޑިއާގައި ވަނީ ފެންމަތިވެފައެވެ. އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި ގެރި ކަތިލުމަކީ ގާނޫނާ ހިލާފު ކަމެކެވެ.
މައިނޯރިޓީ ކޮމިއުނިޓީއަށް ދޭ މި ހަމަލާތަކަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ 2014 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރުގައި މުސްލިމުންނާ ދެކޮޅު ހަމަނުޖެހުންތައް އިތުރުވެފައިވާ ކަމަށެވެ. އެމީހުން ބުނަނީ މިފަދަ ހަމަލާތައް ބޮޑުވަޒީރު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައި ނުވާ ކަމަށެވެ.
ނަމަވެސް ސަރުކާރުން މި ތުހުމަތުތައް ދޮގުކޮށް އަންސާރީ މަރާލިތަ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޮޑުވަޒީރު މޯދީ ވަނީ އެ ހަމަލާއާ ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ. "ގެރިގެ ނަމުގައި މީހުން މެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް މޯދީ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
