އިންޑިއާގެ މަނިޕޫރުގައި ހިނގި ނަސްލީ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެއްޖެ

އިންޑިއާގެ މަނިޕޫރުގައި ހިނގި ނަސްލީ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ލިޔުން:
އިންޑިއާގެ މަނިޕޫރު ސްޓޭޓުގައި އެކި ނަސްލުތަކުގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން މަރުވި މީހުންގެ އަދަދު 54 އަށް އަރާނެއެވެ. އެ ހަމަނުޖެހުންތައް ފެށުނީ މި ހަފުތާގެ ކުރީކޮޅު އެ ސްޓޭޓުގެ މައި ނަސްލަށް ޓްރައިބަލްގެ ދަރަޖަ ދިނުމާ ދެކޮޅަށް ބޭއްވި އެއްވުމާއި ގުޅިގެންނެވެ.
ހަމަނުޖެހުންތަކުގައި ގިނަ ގެތަކަށާއި ވެހިކަލްތަކަށާއި ފައްޅިތަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. ގާތްގަނޑަކަށް 10،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަމާންކަން ގާއިމުކުރުމަށްޓަކައި އެތައް ހާސް ސިފައިންނެއް ވަނީ އެ ސަރަހައްދަށް ފޮނުވައިފައެވެ. ބައެއް ޑިސްޓްރިކްޓްތަކުގައި ކާފިއު އިއުލާނުކޮށް އިންޓަނެޓްގެ ހިދުމަތް ވެސް ކަނޑާލައިފައެވެ.
އަވަށްޓެރި ސްޓޭޓްތަކުން މަނިޕޫރުގައި ތިބި އެ ސްޓޭޓުތަކުގެ ދަރިވަރުން ނެރެން ފަށައިފަ އެވެ. އަސްކަރިއްޔާއިން ބުނީ ހާލަތު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ސްޓޭޓުގައި ހިންދޫ-ނޭޝަނަލިސްޓް ބީޖޭޕީގެ ސަރުކާރުން ހަމަނުޖެހުންތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމަށެވެ.
މަނިޕޫރުގެ އާބާދީގެ 50 އިންސައްތަ އަކީ މެއިޓެއި ކޮމިއުނިޓީގެ މީހުންނެވެ. ޝެޑިއުލް ޓްރައިބް ކެޓަގަރީގައި ހިމެނުމަށް އެ މީހުން އެދެމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އިންޑިއާގައި މި ކެޓަގަރީ ހާއްސަކޮށްފައި ވަނީ ތާރީހީ ގޮތުން ހަމަހަމަ ފުރުސަތުތަކުން މަހުރޫމްވެފައިވާ މުޖުތަމައުތަކަށެވެ. އޭގެ ސަބަބުން ސަރުކާރުގެ ވަޒީފާތަކާއި ކޮލެޖުތަކަށް ވަނުމާއި ސަރުކާރުގެ ހުރިހާ ލެވެލެއްގައި ވެސް އިންތިހާބުކޮށްފައިވާ ގޮނޑިތައް ކުރިމަތިލުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
