މާލެ: 31°C

އިންޑިއާގެ އިރުމަތީ ސަރަޙައްދުތަކުގައި އާދައާޙިލާފަށް ހޫނުމިންމަތިވެ 15 މީހުން މަރުވެއްޖެ

May 31, 2024
2 ފަހަރު ބަލާފައި
އިންޑިއާގެ އިރުމަތީ ސަރަޙައްދުތަކުގައި އާދައާޙިލާފަށް ހޫނުމިންމަތިވެ 15 މީހުން މަރުވެއްޖެ
އިންޑިއާގެ އިރުމަތީ ސަރަޙައްދުތަކުގައި އާދައާޙިލާފަށް ހޫނުމިންމަތިވެ 15 މީހުން މަރުވެއްޖެ
އިންޑިއާގެ އިރުމަތީގެ ސްޓޭޓްތައް ކަމަށްވާ ބިހާރާއި އޮޑިޝާގައި މިމަހުގެ 30 ވަނަދުވަހު އާދައާއިޙިލާފަށް ހޫނުމިންމަތިވެ ހީޓްސްޓްރޯކް ގެ ސަބަބުން 15 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ. އަދި 31 ވަނަ ދުވަހުވެސް (މިއަދުވެސް) ހި ސަރަޙައްދުތަކަށް އާދައާއިޙިލާފަށް ހޫނުވާނެކަމަށް މޫސުމާބެހޭ އިދާރތަކުން ރިޕޯޓުކޮށްފައިވެއެވެ. އިންޑިއާގެ ވެރިރަށް ދިއްލީގެ ހޫނުމިން މި ހަފުތާގައި 52.9 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާއިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ ހުޅަނގު އުތުރު އަދި މެދުތެރޭގެ ފިނިހޫނުމިން ދަށަށް ދާނެ ކަމަށް ލަފާކުރެވޭއިރު، އިރުމަތީ އިންޑިއާގައި މިހާރު އުފެދިފައިވާ ހޫނު ގަދަވުން ދެ ދުވަހަށް ދެމިއޮންނާނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ ނިއަލަށް ހެނދުނު 11 އިން ފެށިގެން މެންދުރު ފަހު 15 އަށް ބޭރަށް ނިކުމެ ނޫޅުމަށް އޮޑިއްސާގެ ސަރުކާރުންވަނީ އިލްތިމާސްކޮސްފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ