މާލެ: 31°C

އިންޑިއާގައި ބަސް އެކްސިޑެންޓެއްވެ 25 މަރު، ޝައްކުކުކުރެވެނީ ޑްރައިވަރު ނިދި ޖެހުނީ ކަމަށް

July 2, 2023
2 ފަހަރު ބަލާފައި
އިންޑިއާގައި ބަސް އެކްސިޑެންޓެއްވެ 25 މަރު، ޝައްކުކުކުރެވެނީ ޑްރައިވަރު ނިދި ޖެހުނީ ކަމަށް
އިންޑިއާގައި ބަސް އެކްސިޑެންޓެއްވެ 25 މަރު، ޝައްކުކުކުރެވެނީ ޑްރައިވަރު ނިދި ޖެހުނީ ކަމަށް
އިންޑިއާގެ މަހަރަޝްތްރާ ސްޓޭޓުގައި ޓަޔަރެއް ގޮވުމުގެ ސަބަބުން ބަހެއް ކޮންޓްރޯލް ނެއްޓީ ރޯޑް ޑިވައިޑަރެއްގައި ޖެހި އެކްސިޑެންޓެއްގައި ހިނގައިފިއެވެ. އެ ގައުމުގެ މީޑިއާތަކާ ފުލުހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެ ހާދިސާގައި 25 މީހަކު ވަނީ މަރުވެފައެވެ. އެކްސިޑެންޓް ހިނގާފައިވަނީ މަހާރާޝްތުރާ ސްޓޭޓްގެ ބުލްދާނާ ޑިސްޓްރިކްޓްގެ ހައިވޭއެއްގައެވެ. މި އެކްސިޑެންޓް ހިނގިއިރު ބަހުގައި 33 މީހުން ތިއްބެވެ. ސަލާމަތްވި އަށް މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. ފުލުހުން ބުނީ އެކަން ހިނގީ ރޭ ދަންވަރު އިންޑިއާ ގަޑިން 2:00 އެހާކަންހާއިރުއެވެ. ފުލުހުން ޝައްކު ކުރާ ގޮތުގައި ބަސް އެކްސިޑެންޓްވީ ޑްރައިވަރަށް ނިދި ޖެހުމުން ކަމަށެވެ. ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ ބާރު ސްޕީޑްގައި ބަސް ދުއްވާފައި ދަނިކޮށް އެ ބަސް ތަނބެއްގައި ޖެހި ހައިވޭގެ ފާރެއްގައި ޖެހުނު ކަމަށެވެ. މި އެކްސިޑެންޓުގެ ސަބަބުން ކުރިމަތީގައި ހުރި ދެ ޓަޔަރު ފަޅައިގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަހުގެ ޑީސަލް ޓޭންކް ފަޅައިގެން ގޮސް، ބަހުގައި އަލިފާން ރޯވިއެވެ. ޑްރައިވަރަށް ބަހުގެ ކޮންޓްރޯލް ގެއްލުނު ސީދާ ސަބަބާއި އޭގެ ފަހުން އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ. މި ހާދިސާއާ ގުޅިގެން ސްޓޭޓް ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި މަރުވި މީހުންގެ އާއިލާތަކަށް ފަސް ލައްކަ ރުޕީސްގެ ދޭން ނިންމައިފައެވެ. މަހަރާޝްތްރާގެ ޗީފް މިނިސްޓަރު އެކަނަތު ޝިންޑޭ އާއި ޑެޕިއުޓީ ޗީފް މިނިސްޓަރު ދޭވެންދުރަ ފަޑްނާވިސް ގެންދަވަނީ އެކްސިޑެންޓް ހިނގި ސަރަހައްދަށް ޒިޔާރަތްކޮށް ކުރައްވަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ ވިދާޅުވީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ދެ ލައްކަ ރުޕީސްގެ އެކްސްގްރެޝިއޯއެއް ދޭން ނިންމާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ