އިންޑިއާގައި ސިކުންގެ މީހަކު ހޯދަން ބޮޑު އޮޕަރޭޝަނެއް

އިންޑިއާގައި ސިކުންގެ މީހަކު ހޯދަން ބޮޑު އޮޕަރޭޝަނެއް
ލިޔުން:
އިންޑިއާގައި ސިކުންގެ މީހަކު ހޯދަން ޕަންޖާބު ސްޓޭޓްގެ ފުލުހުން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ހޯދަމުން ދަނީ އަމްރިތުޕާލް ސިންގް ނަމަކަށް ކިޔާ ދީނީ އިލްމުވެރިއެކެވެ.
އަމްރިތްޕާލް ހޯދުމުގެ އޮޕަރޭޝަން ފެށި ފަހުން އެ ސްޓޭޓުން އިންޓަނެޓާއި މެސެޖިންގެ ހިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ. އަދި ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.
ފުލުހުން އޭނާ ހޯދަނީ "ހާލިސްތާން" ހަރަކާތަށް ތާއިދުކުރާ ކަމުގެ ތުހުމަތުގައެވެ. ހާލިސްތާން ހަރަކާތަކީ ޕަންޖާބު ސަރަޙައްދުގައި ސިޔާދަތީ ދައުލަތެއް އުފައްދައި، ސިކުންނަށް އަމިއްލަ ވަޒަނެއް އުފައްދަން މަސައްކަތްކުރާ ވަކިވެގަތުމުގެ ހަރަކާތެކެވެ.
ފުލުހުން ވަނީ އޭނާގެ ބައެއް އެހީތެރިން ހައްޔަރުކޮށްފައެވެ.
އަމްރިތުޕާލް ހޯދުމުގެ މަސައްކަތް ފުޅާކުރީ އޭނާގެ ސަޕޯޓަރުންތަކެއް ފުލުހުންގެ ސްޓޭޝަނަކަށް ވަދެ ހައްޔަރުކޮށްފައިވާ މީހަކު ދޫކޮށްލުމަށް ގޮވާލާފައިވާތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ އޭނާ އަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ކަނޑައަޅައި އޭނާ ހޯދުމުގެ މަސައްކަތް ސްޓޭޓް ގައި ފަށައިފައެވެ. އަދި ވެހިކަލްތައް ޗެކް ކުރުމަށް ސްޓޭޓްގެ އެކި ހިސާބުތަކުގައި ޓްރެފިކް ބްލޮކޭޑްތައް ވަނީ ގާއިމްކޮށްފައެވެ.
އާދީއްތަ ދުވަހު ފުލުހުންގެ އިސް އޮފިޝަލަކު އޭއެންއައި ނިއުސް އެޖެންސީއަށް ވިދާޅުވީ އަމްރިތްޕާލް ފިލީ ފުލުހުން އޭނާ ފަހަތުން 25 އެއްހާ ކިލޯމީޓަރު ކަނޑަތުކުރި ފަހުން ކަމަށެވެ.
އަމްރިތްޕާލް އާއި އޭނާގެ ބައިވެރިން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ތިން ކާރުގެ އިތުރުން ގަވައިދާ ހިލާފަށް ބޭނުންކުރަމުން ހަތިޔާރާއި ބަޑި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އަމްރިތްޕާލް ހައްޔަރުކުރަން ރާވާފައިވާތީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ގިނަ ސަޕޯޓަރުންތަކެއް ވެސް ފުލުހުން ވަނީ ހިފަހައްޓައިފައެވެ.
އާދީއްތަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގެ ބޭރުގައި "ހާލިސްތާން" ލިޔެފައިވާ ބެނާތައް ހިފައިގެން ތިބި މީހުން ވަނީ އިހުތިޖާޖުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
