އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވައިދޭން އޯއަސީން އެދެފި

އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވައިދޭން އޯއަސީން އެދެފި
ލިޔުން:
ރާމް ނަވާމީ ގެ ނަމުގައި އިންޑިއާގައި ބޭއްވި ހިންދޫންގެ ފެސްޓިވަލެއްގައި މުސްލިމުންނަށް އަނިޔާކޮށްފައިވާތީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީންސް (އޯއައިސީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އޯއަިއސީން ނެރުނު ބަޔާނެއްގައި ބުނީ ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ފެސްޓިވަލްގައި މުސްލިމުންނަށް ދިން ހަމަލާތަކަކީ، އިންޑިއާގައި މުސްލިމުންނަށް އަމާޒުކޮށްގެން ހިންގަމުންދާ ކަންކަމުގެ ވަރަށް ސާފު ހެއްކެއް ކަމަށެވެ.
ރާމް ނަވާމީ ފެސްޓިވަލާ ގުޅޭ ގޮތުން ނެރުނު ބަޔާނަށް ރައްދު ދެމުން އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނީ އޯއައިސީން ގެންގުޅެނީ އިންޑިއާއާ ދެކޮޅު އެޖެންޑާއެއް ކަމަށެވެ.
"މިއީ އެމީހުންގެ ކޮމިއުނިޓީ ވިސްނުމާއި އިންޑިއާއާ ދެކޮޅު އެޖެންޑާގެ އިތުރު އެއް މިސާލެއް އޯއައިސީގެ އަގު ވެއްްޓެނީ އިންޑިއާއާ ދެކޮޅު އޮޅުވާލައިގެން ވާހަކަ ދައްކައިގެން" ހާރިޖީ ވުޒާރާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހިންދޫންގެ މީހުން މުސްލިމުންގެ އަވަށްތަކުން ދަތުރުކުރިއިރު ކަނޑި އަދި ބަޑި ފަދަ ހަތިޔާރުތައް ގެންގުޅުނު ކަމަށެވެ. މުސްލިމުންނާ ދެކޮޅު ބެނާތައްވެސް އެ މީހުން ގެންގުޅުން ކަމަށްވެއެވެ. އެ ގްރޫޕުން ވަނީ މުސްލިމުންގެ ގެތަކާއި ފިހާރަތަކުގައި އަލިފާން ރޯކޮށްލާފައެވެ. އެ ހަރުކަށި އަމަލުތައް ހިނގާފައިވަނީ ފެސްޓިވަލެއްގެ ތެރެއިން ކަމަށާއި ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބިހާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިތުރު ހަމަނުޖެހުންތައް ހިނގިޔަ ނުދިނުމަށްޓަކައި ގިނަ ރަޔަޓް ފުލުހުންތަކެއް ހަރަކާތްތެރިވެ، މޮބައިލް އިންޓަނެޓްގެ ހިދުމަތް ކަނޑާލައިފަ އެވެ.
ސައުދީގެ ޖިއްދާގައި ހުންނަ 57 ގައުމެއް ހިމެނޭ އޯއައިސީ ގްރޫޕުން ބުނީ ރާމް ނަވާމީ ހިނގާލުމުގައި ހިނގި ހަމަނުޖެހުންތަކުގައި ބިހާރުގެ ޝަރީފް އަވަށުގައި ހަރުކަށި ހިންދޫ ބަޔަކު މަދްރަސާއަކާއި ލައިބްރަރީ އަންދާލި ކަމަށެވެ.
ވެސްޓް ބެންގާލް، ގުޖުރާތު، އުއްތަރަ ޕްރަދޭޝް އަދި އެހެނިހެން ސްޓޭޓްތަކުން ވެސް މިފަދަ ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، އިންޑިއާގެ އެކި ކަންކޮޅުތަކުގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަނީ 2002 ވަނަ އަހަރު ގުޖުރާތު ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަރެންދުރަ މޯދީ 2014 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގަތުމާ އެކު ހަރުކަށި ހިންދޫ ޖަމާއަތްތަކަށް މުސްލިމުންދާ ދެކޮޅު ހަރަކާތްތައް ހިންގުމަށް ހިތްވަރު ލިބިފައިވާ ކަމަށެވެ.
"އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއަޓުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަނީ މިފަދަ އަމަލުތައް ހިންގުމަށް ހިތްވަރުދޭ ފަރާތްތަކާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި އެ ގައުމުގައި ދިރިއުޅޭ މުސްލިމުންގެ ސަލާމަތާއި ރައްކާތެރިކަމާއި ހައްގުތަކާއި ކަރާމާތް ކަށަވަރު ކުރުމަށް،" އޯއަސީގެ ބަޔާނުގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
