މާލެ: 31°C

އިންޑިއާގައި ކަރަންޓުގައި ޖެހިގެން 16 މަރު

July 20, 2023
2 ފަހަރު ބަލާފައި
އިންޑިއާގައި ކަރަންޓުގައި ޖެހިގެން 16 މަރު
އިންޑިއާގައި ކަރަންޓުގައި ޖެހިގެން 16 މަރު
އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަކާންދުގައި ކަރަންޓުގައި ޖެހިގެން  16 މީހުން މަރުވެ، ހަ މީހަކު ޒަހަމްވެފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ރިޕޯޓްކޮށްފިއެވެ. އެ ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އުއްތަރަކަންދުގެ ޗަމޯލީ ޑިސްޓްރިކްޓްގައި ހުންނަ ނަރުދަމާ ޓްރީޓްމަންޓް ޕްލާންޓެއްގައެވެ. މަރުވި މީހުންގެ ތެރޭގައި ފުލުހަކާއި ހޯމްގާޑުގެ ޕެރަމިލިޓަރީގެ ތިން މީހަކު ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ. ފުލުހުން ބުނީ ހޯމްގާޑުގެ ސިފައިން މަރުވީ ފުލުސް މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ. "ޗަމޯލީ ޑިސްޓްރިކްޓްގައި ނުރައްކާތެރި ހާދިސާއެއް ހިނގި ކަމުގެ ހަބަރު ލިބިއްޖެ. މެޖިސްޓްރޭޓް އިންކުއަރީއެއް ހިންގަން ވަނީ އަންގާފައި،" އުއްތަރަކަންދުގެ ޗީފް މިނިސްޓަރު ޕުޝްކަރް ސިންގް ދަމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސްޓޭޓް ޑިޒާސްޓާ ރެސްޕޮންސް ފޯސް ހިމެނޭ ގޮތަށް ރެސްކިއު ޓީމުތައް އެސަރަހައްދުގައި ތިބި ކަމަށާއި ޒަހަމްވި މީހުން ބޮޑެތި ހޮސްޕިޓަލްތަކަށް ބަދަލުކުރުމަށް ހެލިކޮޕްޓަރުތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ. ޗަމޯލީގެ ޑިސްޓްރިކްޓް މެޖިސްޓްރޭޓް ހިމަންޝޫ ކުރާނާ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ގޮތް ސާފުވާނީ ތަހުގީގަށް ފަހު ކަމަށާއި ނަމަވެސް ފެންނަން އޮތީ ކަރަންޓުގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. އެކަން ހިނގާފައި ވަނީ އިންޑިއާގެ އުތުރުގެ ގިނަ ކޯރުތަކުގައި މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑު ވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިންޑިއާގެ ދެކުނުގައި ހިންދޫންގެ ފެސްޓިވަލް ހިނގާލުމެއްގައި ޓްރަކެއް އޯވަހެޑް ޕަވާ ލައިނަކަށް އެރުމުން 11 މީހަކު ވަނީ ކަރަންޓުގައި ޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ