މާލެ: 31°C

އިންޑިއާގައި އިންފުލުއެންޒާގެ ކޭސްތައް އިތުރުވަނީ

March 11, 2023
2 ފަހަރު ބަލާފައި
އިންޑިއާގައި އިންފުލުއެންޒާގެ ކޭސްތައް އިތުރުވަނީ
އިންޑިއާގައި އިންފުލުއެންޒާގެ ކޭސްތައް އިތުރުވަނީ
އިންޑިއާގައި އިންފްލުއެންޒާގެ "އެޗް3އެން2" ޖެހިގެން ދެ މީހަކު މަރުވެފައިވާ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. މުޅި ގައުމުގައި ކުރިއަށް ގެންދިޔަ ސަވައިލަންސް އެކްސަސައިޒަކަށް ފަހު އެ މިނިސްޓްރީން ބުނީ މި އަހަރު ފެށުނު ފަހުން މިހާތަނަށް "އެޗް3އެން2" ގެ 451 ކޭސް ފެނިފައިވާ ކަމަށެވެ. މިއަހަރު ބަލި ޖެހިގެން އެންމެ ފުރަތަމަ މަރުވެފައިވަނީ ކަރްނާޓަކާގެ ހަސަން ޑިސްޓްރިކްޓުން އުމުރުން 82 އަހަރުގެ ފިރިހެނެކެވެ. ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކުރި ހިރޭ ގައުޑާ މަރުވީ މާޗް މަހުގެ އެއްވަނަ ދުވަހު ކަމަށް ރަސްމީ ރިޕޯޓްތައް ބުނެއެވެ. އޭނާ އަކީ ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މަތިވެފައިވާ މީހެކެވެ. ދެވަނަ އަށް މަރުވެފައިވަނީ ހަރިޔާނާގެ ޖިންދު ޑިސްޓްރިކްޓްގައި ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ އުމުރުން 56 އަހަރުގެ މީހެކެވެ. އެޗް3އެން2 ޖެހިފައިވާ މީހުންގެ ކިބައިން ކޮވިޑް-19 އާ އެއްގޮތް އަލާމާތްތައް ފެނެއެވެ. ނޭވާހިއްލުން އަދި ނިއުމޯނިއާ ފަދަ  ވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުމީ އިންފްލުއެންޒާއާ ގުޅިގެން އެންމެ ނުރައްކަލަށް ހުށަހެޅޭ ބަޔަކީ ކުޑަކުދިންނާއި އެކި ބަލިތައް ހުންނަ އުމުރުން ދުވަސްވީ މީހުން،" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. ނޭޝަނަލް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލްގެ އިންޓަގްރޭޓެޑް ޑިޒީޒް ސަވައިލެންސް ޕްރޮގްރާމުގެ ދަށުން އިންފްލުއެންޒާ ފަދަ ބަލިތަކާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަންތަކުގެ ކޭސްތައް ގާތްގަނޑަކަށް ރިއަލް ޓައިމް ސަވައިލެންސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެޗް3އެން2 އަށް ޕޮޒިޓިވްވި މީހުންގެ އަދަދުތައް ފެނިފައިވަނީ އަލާމާތްތައް ފެންނަ ރޯގާގެ ކޭސްތަކުގެ ތެރެއިން ޖެނުއަރީ މަހު 3.97 ލައްކައަށްވުރެ ގިނަ މީހުންނެވެ. ފެބްރުއަރީ މަހު މި އަދަދު ވަނީ 4.36 ލައްކަ ކޭސްއަށް ކުޑަތަންކޮޅެއް އިތުރުވެފައެވެ. މާޗް މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އިންޑިއާއިން ވަނީ މި މަހު 1.33 ލައްކަ އަށް ވުރެ ގިނަ މީހުންނަށް ރޯގާ ޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ