މާލެ: 31°C

އިންޑިއާގައި ހޮނުއެޅުން އާދަޔާ ޙިލާފަށް އިތުރުވެއްޖެ

August 28, 2024
19 ފަހަރު ބަލާފައި
އިންޑިއާގައި ހޮނުއެޅުން އާދަޔާ ޙިލާފަށް އިތުރުވެއްޖެ
އިންޑިއާގައި ހޮނުއެޅުން އާދަޔާ ޙިލާފަށް އިތުރުވެއްޖެ
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޑިއާގައި ހޮނުއެޅުން ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަމަށް ސައިންވެރިން ބުނެފިއެވެ. އިންޑިއާގައި ހޮނުއެޅުމުގެ ހާދިސާތަކުގައި އަހަރަކު ގާތްގަނޑަކަށް 1،900 މީހުން މަރުވާ ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ. އޮޑިޝާގެ ފަކީރު މޯހަން ޔުނިވާސިޓީ އިން ކޮށްފައިވާ ދިރާސާގައި ބައިވެރިވި ސައިންސްވެރިންގެ ޓީމުން ބުނީ 1967 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު ހޮނުއެޅުމުގެ ސަބަބުން އެ ގައުމުން 101،309 މީހުން މަރުވެފައިވާ ކަމަށެވެ. އެގޮތުން އެ ދިރާސާގެ ތަފާސް ހިސާބުތަކުން ހާމަވި ގޮތުގައި 1967 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް ހޮނުއަޅައިގެން އިންޑިއާއިން  އަހަރަކު މަރުވާ މީހުންގެ އަދަދު 38 އިންސައްތާގައި ހުރިއިރު އެ އިންސައްތަ 2003 އިން 2020 އަށް ވަނީ 61 ޕަސެންޓަށް އިތުރުވެފައެވެ. ހޮނުއެމުގެ ހާދިސާ ތަކުގައި އެއްމެ ގިނައިން މީހުން މަރުވެފައިވަނީ ފާއިތުވި 2 އަހަރުކަމަށް އެދިރާސާގެ ރިޕޯޓުން ދައްކައެވެ. އިންޑިއާގައި ހޮނުއެޅުމުގެ ހާދިސާތައް އެއްމެ ގިނައިން ހިނގަނީ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިއަލަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ