މާލެ: 31°C

އިންޑިއާގައި ހީޓް ސްޓްރޯކް ޖެހިގެން 11 މަރު

April 17, 2023
2 ފަހަރު ބަލާފައި
އިންޑިއާގައި ހީޓް ސްޓްރޯކް ޖެހިގެން 11 މަރު
އިންޑިއާގައި ހީޓް ސްޓްރޯކް ޖެހިގެން 11 މަރު
އިންޑިއާގެ މަހަރާޝްތްރަ ސްޓޭޓްގައި ބޭއްވި އެވޯޑް ހަފްލާއެއްގައި ބައިވެރިވި ބަޔަކަށް ހީޓް ސްޓްރޯކް ޖެހި އެތަނުން އެގާރަ މީހަކު މަރުވެ އެތައް ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްިފއެވެ. ސަރުކާރުން ސްޕޮންސާކޮށްގެން ކުރިއަށް ގެންދިޔަ އެ ހަރަކާތް ކުރިޔަށް ގެންދިޔައީ އެއްވެސް ހިޔަލެއް ނެތި ހުޅުވިފައިވާ ދަނޑެއްގައެވެ. އިޖުތިމާއީ އެކްޓިވިސްޓެއްގެ އަގުވަޒަން ކުރުމަށް އާދީއްތަ ދުވަހު ބޭއްވި ހަރަކާތުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. ހަފްލާ ކުރިއަށް ދިޔަ ނަވީ މުމްބާއީގެ ފިނިހޫނުމިން އާދީއްތަ ދުވަހު ހުރީ 38 ޑިގްރީ ސެލްސިއެސްގައެވެ. އޭޕްރީލް މަހަކީ އިންޑިއާގައި ވަރަށް ހޫނު ގަދަ މަހެކެވެ. އެހެންވެ ހެނދުނު 11:00 އިން ހަވީރު 4:00 އަށް ހޫނުން ސަލަމާތްވެ ތިބެން ކަމާއި ބެހޭ މާހިރުން ވަނީ އިރުޝާދު ދީފައެވެ. ހަރްގަރް އިންޓަނޭޝަނަލް ކޯޕަރޭޓް ޕާކް ދަނޑުގައި ބޭއްވި މި ހަރަކާތަކީ އައްޕާސާހެބް ދަރްމާދިކަރީގެ ނަމުން މަޝްހޫރުވެފައިވާ ސޯޝަލް ވޯކަރު ދައްތާތުރެޔާ ނާރަޔަން ދަރްމާދިކަރީއަށް އެވޯޑެއް ދިނުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހާއި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރުންގެ އިތުރުން ސިޔާސީ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެތައް ލައްކަ ބަޔަކު ބައިވެރިވި ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ބައިވެރިވި ގިނަ ބަޔަކު ޑީހައިޑްރޭޝަން އާއި ލޭގެ ޕްރެޝަރު މަތިވުމާއި ވަރުބަލިވުމުގެ ޝަކުވާ ކޮށްފައިވެއެވެ. މަހާރާޝްތުރާގެ ޗީފް މިނިސްޓަރު އެކަނަތު ޝިންޑޭ ވަނީ މި ހާދިސާ އަކީ ހީވެސް ނުކުރާ ފަދަ އަދި ވޭންދެނިވި ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 500،000 ރުޕީސް (6،102 ޑޮލަރު) ބަދަލުގެ ގޮތުގައި ދޭން ނިންމައިފައެވެ. ކުރީގެ ޗީފް މިނިސްޓަރު އުދަވް ތަކަރޭ ވަނީ އެ ހަރަކާތަކީ ރަނގަޅަށް ރޭވިފައި އޮތް ހަރަކާތެއް ނޫން ކަމަށް ވިދާޅުވެ އެކަން ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ