މާލެ: 31°C

އިންޑިއާގައި ގެރިމަސް ގެންގުޅުނު މުސްލިމަކު މަރާލައިފި

March 13, 2023
2 ފަހަރު ބަލާފައި
އިންޑިއާގައި ގެރިމަސް ގެންގުޅުނު މުސްލިމަކު މަރާލައިފި
އިންޑިއާގައި ގެރިމަސް ގެންގުޅުނު މުސްލިމަކު މަރާލައިފި
އިންޑިއާގެ އިރުމަތީ ބިހާރު ސްޓޭޓްގައި ގެރިމަސް ގެންގުޅުނު ކަމަށް ޝައްކުކުރެވިގެން ހަމަލާދިން މުސްލިމް ފިރިހެނެއްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. އުމުރުން 56 އަހަރުގެ ނަސީމް ގުރައިޝީ މަރުވެފައިވަނީ މިދިޔަ ހަފުތާގެ ކުރީކޮޅު ގެރިމަސް ގެންގުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު ދިން ހަމަލާއަކާ ގުޅިގެންނެވެ. ގެރިއަކީ ހިންދޫ ދީނުގައި މާތް ވެގެންވާ އެއްޗެކެވެ. ގެރި ގެންގުޅޭ މުސްލިމުންނަށް ދޭތެރެ ދޭތެރެއިން ހިންގޫ ދީނުގެ މީހުންގެ ފަރާތުން އަނިޔާ ލިބެއެވެ. ހަރުކަށި ހިންދޫ ޖަމާއަތްތަކުން ދަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ގެރި ކަތިލުން މުޅިން މަނާކުރުމަށް ގޮވާލަމުންނެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރު 2014 ވަނަ އަހަރު ވެރިކަމަށް އައި ފަހުން ގެރި ބަލަހައްޓާ ޖަމާއަތްތަކުން ވަނީ އަމިއްލައަށް ގާނޫނު ތަންފީޒު ކުރަން ފަށައިފައެވެ. ބިހާރުގައި މިހާރު ވެރިކަން ކުރަނީ ސަރަހައްދީ ޕާޓީއަކުންނެވެ. މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ އޮތީ އިދިކޮޅުގައި ކަމަށެވެ. އެ ސްޓޭޓުގައި އެންމެ ފަހުން ހިނގި ހާދިސާގައި އަނިޔާ ލިބުނު މީހާ ވަށާލައި ހަމަލާ ދީފައިވާ ކަމަށް ކޯޓުގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ފުލުހުން އެކަމަށް ހުރަސް އެޅި ނަމަވެސް ގުރައިޝީ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ