މާލެ: 31°C

އިންޑިއާގައި ބާއްވާ އެއްމެ ބޮޑު ދީނީ އެއްވުމުގައި ފިތިބާރުވެގެން އެތައް ބަޔަކު މަރުވެއްޖެ

January 29, 2025
482 ފަހަރު ބަލާފައި
އިންޑިއާގައި ބާއްވާ އެއްމެ ބޮޑު ދީނީ އެއްވުމުގައި ފިތިބާރުވެގެން އެތައް ބަޔަކު މަރުވެއްޖެ
އިންޑިއާގައި ބާއްވާ އެއްމެ ބޮޑު ދީނީ އެއްވުމުގައި ފިތިބާރުވެގެން އެތަށްބަޔަކު މަރުވެ، އެތައް ބަޔަކަށް ފަރުވާދޭން ޖެހިއްޖެ އެވެ.

އިންޑިއާގައި ބާއްވާ އެއްމެ ބޮޑު ދީނީ އެއްވުމުގައި ފިތިބާރުވެގެން އެތަށްބަޔަކު މަރުވެ، އެތައް ބަޔަކަށް ފަރުވާދޭން ޖެހިއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ދީނީ އެއްވުން ކަމަށްވާ މަހާ ކުމްބްގައި ފިތިބާރުވެގެން އެތައް ބަޔަކު މަރުވެފައިވާ ކަމަށް އިންޑިއާގެ ޕްރަޔާގްރާޖްގައި އެ ސަރަހައްދުގައި ތިބި އެ ތަނުގެ ފޮޓޯގްރާފަރާ ހަވާލާދީ އޭއެފްޕީންވެސް ވަނީ ބުނެފައެވެ. މައުނީ އަމާވަސްޔާގައި ގިނަ އަދަދެއްގެ މީހުން އެއްވެފައިވަނިކޮށް ކްރައުޑް ކޮންޓްރޯލް ނުކުރެވުމާ ގުޅިގެން 15 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުންވެސް ރިޕޯޓްކޮށްފައިވެއެވެ.

މައުނީ އަމާވަސްޔާ އަކީ މަހާ ކުމްބްގެ އެންމެ މުހިންމު އަޅުކަން ކަމަށާއި އަންދާޒާ ކުރާ ގޮތުގައި އެންމެ ދުވަހެއްގެ ތެރޭގައި ގާތްގަނޑަކަށް 10 މިލިއަން މީހުން އެ އަޅުކަމަށް ގޮސްފައިވާކަމަށް ބެލެވޭކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮސްފައިވެއެވެ. އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނިއުސް އެޖެންސީ ޕީޓީއައި އިން ބުނި ގޮތުގައި ސަންގަމްގައި ކުއްލިއަކަށް މީހުން އަރައިގަތުންފަދަ ހާލަތެއް އުފެދުނީ މައުނީ އަމާވަސްޔާއަށް އެއްފަހަރާ މާގިނަ އަދަދެއްގެ ބަޔަކު ދާން މަސައްކަތްކުރުމުންނެވެ.

ސްޓޭޓް ސަރުކާރުން އަންގާރަ ދުވަހު (ޖެނުއަރީ 28) ބުނީ މިހާރުވެސް 150 މިލިއަނަށްވުރެ ގިނަ މީހުން ތުރިވެނީ ސަންގަމްގެ ކޯރު ސަރަހައްދުގައި ފެންވަރާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ