މާލެ: 31°C

އިންޑިއާގައި 292 މީހުން މަރުވި ރޭލު އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރަށް

July 8, 2023
2 ފަހަރު ބަލާފައި
އިންޑިއާގައި 292 މީހުން މަރުވި ރޭލު އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރަށް
އިންޑިއާގައި 292 މީހުން މަރުވި ރޭލު އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރަށް
މިދިޔަ މަހު އިންޑިއާގައި ތިން ރޭލެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އިންޑިއަން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ރޭލުވޭގެ ތިން މުވައްޒަފަކު ހައްޔަރުކޮށްފިއެވެ. ސީބީއައިއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުންނަކީ އިންޖިނިއަރުން ކަމަށާއި ތިން ވަނަ މީހާ އަކީ ރޭލްވޭގެ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. 292 މަރުވި ރޭލު އެކްސިޑެންޓުގައި އެ މީހުން ބައިވެރިވި ކަމަށް ބުނާ ސީދާ ތަފްސީލެއް އަދި ނުދެއެވެ. ޖޫން މަހުގެ ދެ ވަނަ ދުވަހު ހިނގި ރޭލު އެކްސިޑެންޓާއެކޖު އިންޑިއާގެ ރޭލުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުން އުފެދުމާ އެކު، ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ވަނީ ޖިނާއީ އިހުމާލުގެ މައްސަލައެއް ރަޖިސްޓްރީކޮށް ތަހުގީގެއް ފަށައިފައެވެ. އެކްސިޑެންޓް ހިނގާފައިވަނީ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ބަލަސޯރު ޑިސްޓްރިކްޓްގައެވެ. އެކަމެއް ހިނގީ ފަސިންޖަރު ރޭލެއް ދަގަނޑު ހިފައިގެން ދިޔަ މުދާ އުފުލާ ރޭލެއްގައި ޖެހި އެކްސިޑެންޓްވެގެންނެވެ. ސީބީއައިއއީގެ ތަހުގީގު ބޭނުމަކީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުދެނެގަތުން އަދި އެ ހާދިސާ ހިނގަން މެދުވެރިވީ ބައެއްގެ އިހުމާލެއް ނުވަތަ ނޫންކަން ދެނެގަތުމެވެ. ހާދިސާގެ ސަބަބުން އިންޑިއާގައި ރޭލް ސޭފްޓީ ސްޓޭންޑަޑްތައް ރަނގަޅުކުރުމަށް އަނެއްކާވެސް ސަމާލުކަން ދޭން ފަށައިފިއެވެ. އެކްސިޑެންޓްގައި ޖެހުނު ރޭލުގައި 2،000 އަށް ވުރެ ގިނަ ފަސިންޖަރުން ތިއްބެވެ. އިންޑިއާގެ ތާރީހުގައި ވެސް ހިނގި އެންމެ ނުރައްކާތެރި އެއް ރޭލު ކާރިސާގެ ސަބަބުން ގާތްގަނޑަކަށް 1،000 މީހުން ޒަހަމްވިއެވެ. ކޮމިޝަން އޮފް ރޭލްވޭ ސޭފްޓީއިން ރޮއިޓާސްއަށް ލިބިފައިވާ ރިޕޯޓެއްގައި ވާގޮތުން ފުރަތަމަ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކައިރީގައި އޮންނަ ރޭލް ރޯޑް ބެރިއަރެއްގައި ގިނަގިނައިން ދިމާވާ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސިގްނަލިން ސާކިޓަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. ލޯކަލް ރޭލްވޭ ސްޓާފުންގެ އަތުގައި ސްޓޭންޑަޑް ސާކިޓް ޑައިގްރާމެއް ނެތުމުގެ ސަބަބުން މަރާމާތަށް ބޫމް-ބެރިއާ ސާކިޓް ޑިއެކްޓިވޭޓް ކުރަން އުޅުމުން ސިގްނަލިން ސިސްޓަމްގައި ގުޅުމެއް އުފެދުނެވެ. ނަތީޖާއެއްގެ ގޮތުން ދިމާވި މައްސަލަތަކުގެ ސަބަބުން ޕެސެންޖަރު ރޭލު މުދާ އުފުލާ ރޭލުގެ މަގަށް އެރިއެވެ. ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު ރޭލް ނެޓްވޯކް ކަމަށްވާ އިންޑިއަން ރޭލްވޭސް އިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 14،000 ރޭލު އޮޕަރޭޓްކުރެއެވެ. މި ނެޓްވޯކުން ދުވާލެއްގެ މައްޗަށް 21 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭ އިރު، ދާދި ފަހުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް ވެފައިވާ، 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ ރޭލުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ