މާލެ: 31°C

އިންޑިއާ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމާއި ދިމާލަށް!

April 19, 2023
2 ފަހަރު ބަލާފައި
އިންޑިއާ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމާއި ދިމާލަށް!
އިންޑިއާ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމާއި ދިމާލަށް!
މިއަހަރުގެ މެދުތެރޭގައި ގާތްގަނޑަކަށް ތިން މިލިއަން އިތުރު މީހުންނާ އެކު ޗައިނާ ފަހަތަށް ޖައްސާލައި، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް އިންޑިއާވުމުގެ މަގުމަތީގައި އުޅޭ ކަމަށް އދއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާގެ އާބާދީ ޗައިނާއަށް ވުރެ ތަންކޮޅެއް ބޮޑެވެ. ޗައިނާގެ 1.4257 ބިލިއަން މީހުންނާ އަޅާބަލާއިރު އިންޑިއާގައި ގާތްގަނޑަކަށް 1.4286 ބިލިއަން މީހުން އެބަތިއްބެވެ. މިހިން ހާމަވެގެން ދަނީ މިއަހަރުގެ މެދުތެރޭގައި އިންޑިއާގައި ޗައިނާއަށް ވުރެ ތިން މިލިއަން މީހުން އިތުރުވާނެކަމެވެ. ޔޫއެންއެފްޕީއޭގެ 2023 ވަނަ އަހަރުގެ ސްޓޭޓް އޮފް ވޯލްޑް ޕޮޕިއުލޭޝަން ރިޕޯޓުގައިވާ ގޮތުން ގާތްގަނޑަކަށް 340 މިލިއަން މީހުން ދިރިއުޅޭ ކަމަށް އަންދާޒާކޮށްފައިވާ އާބާދީގެ ނިސްބަތުން އެމެރިކާ އޮތީ ތިން ވަނައިގައެވެ. އިތުރުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)، މިސްރު، އިތިއޯޕިއާ، އިންޑިއާ، ނައިޖީރިއާ، ޕާކިސްތާން، ފިލިޕީންސް އަދި ޓެންޒޭނިއާ ހިމެނޭ ގޮތަށް އަށް ގައުމަކުން 2050 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީ އިތުރުވުމުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާނެ ކަމަށް އަންދާޒާކޮށްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ތަފާސް ހިސާބުތައް ބިނާކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ލިބެން ހުރި މައުލޫމާތުގެ މައްޗަށެވެ. އާބާދީގެ މާހިރުން މީގެ ކުރިން ލަފާކޮށްފައި ވަނީ މި މަހު އާބާދީގެ ނިސްބަތުން އިންޑިއާ ޗައިނާ ފަހަތަށް ޖައްސާލާނެ ކަމަށެވެ. ނަމަވެސް އދ.ގެ އެންމެ ފަހުގެ ރިޕޯޓުގައި މި ބަދަލު ގެންނާނެ ތާރީހެއް ހާމަކޮށްފައި ނުވާއިރު، އިންޑިއާ އާއި ޗައިނާގެ ޑޭޓާއާ މެދު "ޔަގީންކަން ނެތް" ކަމަށް ބުނެފައިވެ އެވެ. ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މި ދެ ގައުމުން ވެސް ހިއްސާކުރާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، އެ ގައުމުތަކުގެ އާބާދީ އިތުރުވުން މަޑުޖެހިފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ