އިންޑިއާ އަށް މޫސުން ގޯސް ދުވަސްކޮޅެއް، ފެންބޮޑުވެގެން 15 މަރު

އިންޑިއާ އަށް މޫސުން ގޯސް ދުވަސްކޮޅެއް، ފެންބޮޑުވެގެން 15 މަރު
ލިޔުން:
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އުތުރު އިންޑިއާގައި ތިން ދުވަހުގެ ތެރޭގައި 15 މީހުން މަރުވެއްޖެއެވެ.
ހިމަލަޔަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އުއްތަރަކާންދުގައި ވެސް މިފަދަ ހާލަތެއް ކުރިމަތިވިއިރު، ބައެއް ކޯރުތަކުގެ ފެންގަނޑު ވަނީ ނުރައްކަލުގެ މިންގަނޑަށް ވުރެ މައްޗަށް ގޮސްފައެވެ.
ދިއްލީގައި ފެންބޮޑުވުމާ ގުޅިގެން ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައިވާއިރު ހޮނިހިރު ދުވަހުގެ ރޭ ގެއެއްގެ ސީލިންގް ވެއްޓި އަންހެނެއްގެ މަރުވިއެވެ.
ތިން ދުވަސް ވަންދެން ބޯކޮށް ވާރޭ ވެހުނުއިރު އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރަށް އެޅިފައިނުވާ ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އިރުއުތުރު ސަރަހައްދުގެ ބައެއް ސްޓޭޓްތަކުގެ ތެރޭގައި ހިެމނޭ އާސާމް އާއި ނާގަލޭންޑް ވެސް ވަނީ ފަހަކަށް އައިސް ބޯކޮށް ވާރޭ ވެހިފައެވެ. އާސާމްގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ.
އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ވަނީ އުތުރުގެ ސަރަހައްދުތަކަށް އިތުރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.
ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ދެމެދު އޮންނަ ވިއްސާރަ މޫސުމުގައި އިންޑިއާގައި އާންމުކޮށް ފެންބޮޑުވެއެވެ.
ނަމަވެސް ތަޖުރިބާކާރުން ބުނަނީ މިފަހަކަށް އައިސް ވިއްސާރައިގެ ބާރު ބޮޑުވެފައިވާ ކަމަށެވެ.
ފެންބޮޑުވުމަށް ގިނަ ސަބަބުތަކެއް މެދުވެރިވާ އިރު، ތަޖުރިބާކާރުން ބުނަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ހިމާލަޔާ ސަރަހައްދުގައި އޮންނަ ޓޫރިސްޓް ސްޓޭޓެއް ކަމަށްވާ އުއްތަރަކާންދުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެ މަގުގައި ހިނގާބިނގާވެ އުޅުމަށް ހުރަސް އެޅުމުގެ ސަބަބުން މުހިންމު ހައިވޭއެއް ބަންދުކުރަން ޖެހުނެވެ.
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެ ސްޓޭޓަށް ބޯކޮށް ވާރޭ ވެހިފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
