މާލެ: 31°C

އިމްރާންގެ ޕާޓީގެ ހަރާކަތްތައް މަނާކުރަނީ

May 25, 2023
2 ފަހަރު ބަލާފައި
އިމްރާންގެ ޕާޓީގެ ހަރާކަތްތައް މަނާކުރަނީ
އިމްރާންގެ ޕާޓީގެ ހަރާކަތްތައް މަނާކުރަނީ
ޕާކިސްތާނަށް ހަމަލާ ދިން ކަމަށް ބުނެ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޕާޓީގެ ހަރަކާތްތައް މަނާކުރަން ވިސްނަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އިމްރާންގެ ސަޕޯޓަރުންނާއި ސަރުކާރާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގިނަ ބަޔަކު ދަނީ މުޒާހަރާކުރަމުންނެވެ. އެ މުޒާހަރާތަކުގެ ސަބަބުން  ހަމަޖެހުމާއި މެދު ކަންބޮޑުވުން ވަނީ އުފެދިފައެވެ. ބުދަ ދުވަހު ޑިފެންސް މިނިސްޓަރު ހަވާޖާ އާސިފް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިމްރާން ހާންގެ ސިޔާސީ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ދައުލަތުގެ "އަސާސީ އުސޫލުތަކަށް" ހަމަލާ ދީފައިވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "ޕީޓީއައި މަނާކުރަން ވިސްނަމުންދަނީ ޕާޓީ މަނާކުރަން ސަރުކާރުން ނިންމި ނިންމުމަށް މަޖިލީހުން ފައިނަލް އެޕްރޫވަލް ދޭން ޖެހޭނެ" އޭނާ ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަރު އިޝާރާތް ކުރެއްވީ އިމްރާންގެ ސަޕޯޓަރުން މި މަހުގެ ތެރޭގައި އަސްކަރިއްޔާގެ މައި މަރުކަޒުތަކާއި ސަރުކާރުގެ އިމާރާތްތައް ހިމެނޭ ގޮތަށް އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދިން މީހުންނަށެވެ. 2018 ވަނަ އަހަރު އިމްރާން ބޮޑުވަޒީރަކަށް ވެވަޑައިގެންނެވީ އަސްކަރިއްޔާގެ ފުރިހަމަ ތާއީދާއެކުއެވެ. ނަމަވެސް އޭރު ދެ ފަރާތުން ވެސް އެކަން ދޮގުކުރިއެވެ. ސަލާމަތީ ދާއިރާގެ މުހިންމު ޕްރޮމޯޝަންތަކަށް ނުފޫޒު ފޯރުވަން އިމްރާން މަސައްކަތް ކުރައްވާ ކަމަށް ބެލެވޭތީ އަސްކަރިއްޔާއާ އިމްރާންގެ ގުޅުން ހީނަރުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން 2022 ވަނަ އަހަރު އިތުބާރު ނެތްކަމުގެ ވޯޓުނަގައި ބޮޑުވަޒީރުކަމުން އޭނާ ދުރުކުރިއެވެ. އޭގެ ފަހުން އުމުރުން 70 އަހަރުގެ އިމްރާން ގެންދަވަނީ އަވަސް އާންމު އިންތިހާބެއް ބޭއްވުމަށް ވަކާލާތު ކުރައްވަމުންނެވެ. ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މިއަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ކުރިން އިންތިޚާބެއް ބޭއްވުމަށް ގޮވާލެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ