މާލެ: 31°C

އިމްރާން ހާންގެ ހައްޔަރާއެކު ޕާކިސްތާނުގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފި

May 10, 2023
2 ފަހަރު ބަލާފައި
އިމްރާން ހާންގެ ހައްޔަރާއެކު ޕާކިސްތާނުގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފި
އިމްރާން ހާންގެ ހައްޔަރާއެކު ޕާކިސްތާނުގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފި
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ހައްޔަރުކުރުމާއި ގުޅިގެން އެ ގައުމުގައި ހަމަނުޖެހުން އިތުރުވެފައި ވަނިކޮށް ޓްވިޓާ އާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ސައިޓްތައް ސަރުކާރުން ބްލޮކޮށްފިއެވެ. "ބައެއް ސަރަޙައްދުތަކުގައި އިންޓަނެޓް ވަނީ މެދު ކަނޑާލާފައި" ދުނިޔޭގެ އިންޓަނެޓް މޮނިޓަރު ނެޓްބްލޮކްސް އިން އަންގާރަ ދުވަހު ވަނީ ބުނެފައެވެ. އިނގިރޭސިވިލާތުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އޮފިޝަލުން ސޯޝަލް މީޑިއާ ބްލޮކްކޮށްފައިވާ ކަމަށް ބުނެފައުވާ ކަމަށެވެ. އިސްލާމްއާބާދާއި އެހެނިހެން ސިޓީތަކުގައި ވެސް އިންޓަނެޓްގެ ހިދުމަތް ވަނީ މެދުކަނޑާލާފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ބުނީ އޭޣެ ސަބަބުން ރައްޔިތުންނަށް މައުލޫމާތު ހޯދުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާ ކަމަށެވެ. އެމްނެސްޓީން ވަނީ ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އާއި ދާހިލީ ވުޒާރާއަށް، އަޅާފައިވާ ފިޔަވަޅުތައް މިހާރުން މިހާރަށް އުވާލާން ގޮވާލާފައެވެ. އިމްރާން ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފަ އެވެ. ބޮޑެތި ސިޓީތަކުން ފުލުހުންނާއި ސަޕޯޓަރުންނާ ދެމެދު ވަނީ ހަމަނުޖެހުންތައް ހިނގާފައެވެ. އިމްރާން ހައްޔަރުކުރީ ގިނަ ދުވަސްތަކެއް ވަންދެން ހަމަނުޖެހުން ހިނގުމަށް ފަހުއެވެ. އޭނާ މަރާލަން އަސްކަރިއްޔާގެ އިސް އޮފިސަރުން އުޅުއްވާ ކަމަށް އިމްރާން ވަނީ ތުހުމަތުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ލާހޯރުގައި ހުންނަ އަސްކަރިއްޔާގެ މަތީ ފަންތީގެ އޮފިސަރެއްގެ ގެއަށް ވަދެ ގެއްލުން ދީފައެވެ. ކަރާޗީ އާއި ލާހޯރުގައި އިމްރާންގެ ސަޕޯޓަރުން ފަހަތަށް ޖެއްސުމަށް ފުލުހުން ކަރުނަ ގޭހާއި ފެން ބަޑި ޖަހާފައިވާއިރު މުޒާހަރާގެ ބައިވެރިން ވަނީ ވެރިރަށް އިސްލާމްއާބާދާއި ޕެޝާވަރު ގެ އިތުރުން އެހެން ސިޓީތަކުގެ މަގުތައް ބަންދުކޮށްފައެވެ. އިމްރާން މަގާމުން ދުރުކުރި ފަހުން އޭނާގެ މައްޗަށް ތުހުމަތެއް ވަނީ ކުރެވިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ