މާލެ: 31°C

އައިއެމްއެފްގެ ބެއިލްއައުޓް ޝަރުތުތަކަށް އެއްބަސް ވުން ނޫން ގޮތެއް ޕާކިސްތާނަކަށް ނެތް

February 4, 2023
2 ފަހަރު ބަލާފައި
އައިއެމްއެފްގެ ބެއިލްއައުޓް ޝަރުތުތަކަށް އެއްބަސް ވުން ނޫން ގޮތެއް ޕާކިސްތާނަކަށް ނެތް
އައިއެމްއެފްގެ ބެއިލްއައުޓް ޝަރުތުތަކަށް އެއްބަސް ވުން ނޫން ގޮތެއް ޕާކިސްތާނަކަށް ނެތް
އައިއެމްއެފްގެ ބެއިލްއައުޓް ޝަރުތުތަކަށް އެއްބަސްވުން ނޫން ގޮތެއް ސަރުކާރަށް ނެތް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. މަހެއްހާ ދުވަސް ވަންދެން ހުއްޓިފައި އޮތް މާލީ އެހީ އަލުން އިއާދަކުރުމަށް އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވަފުދެއް ޕާކިސްތާނަށް ވަޑައިގަތެވެ. އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބާ ދިމާކޮށް އައިއެމްއެފްގެ ޑިމާންޑްތަކަށް ސަރުކާރުން ދެކޮޅު ހަދަމުން ދަނީ ޓެކްސް ބޮޑުކުރުމާއި ސަބްސިޑަރީ ކަނޑާލުމާ ގުޅޭ ގޮތުންނެވެ. "އަޅުގަނޑު ތަފްސީލަށް ނުދާނަން، ހަމައެކަނި ބުނާނީ އަޅުގަނޑުމެންގެ އިގްތިސާދީ ގޮންޖެހުމަކީ ހީވެސް ނުކުރެވޭ ވަރުގެ ޗެލެންޖެއް. އައިއެމްއެފްއާ އެއްބަސްވާން ޖެހޭ ޝަރުތުތަކަކީ ހީވެސް ނުކުރާ ފަދަ ޝަރުތުތަކެއް އެކަމަކު ޝަރުތުތަކާ އެއްބަސްވާން ޖެހޭނެ،" ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވިއެވެ. ޕާކިސްތާނުގެ އިގްތިސާދު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ. ބެލެންސް އޮފް ޕޭމަންޓްސް ކްރައިސިސްގެ ސަބަބުން، ބޭރުގެ ދަރަނީގެ މަތީ މިންވަރެއް މެނޭޖްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ގައުމު އޮތީ ސަލާމަތީ އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައެވެ. ބޭރު ފައިސާގެ ރިޒާވް 3.1 ބިލިއަން ޑޮލަރަށް ދަށަށް ދާނެ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާއިރު، މިއީ ތިން ހަފުތާއަށް ވުރެ ކުޑަ އިމްޕޯޓަށް ފުދޭނެ އަދަދެއް ކަމަށް އެނަލިސްޓުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ