އައިއެމްއެފުން ޕާކިސްތާނަށް ތިން ބިލިއަން ޑޮލަރުގެ ބެއިލް އައުޓެއް

އައިއެމްއެފުން ޕާކިސްތާނަށް ތިން ބިލިއަން ޑޮލަރުގެ ބެއިލް އައުޓެއް
ލިޔުން:
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ޕާކިސްތާނަށް ތިން ބިލިއަން ޑޮލަރު (2.7 ބިލިއަން ޔޫރޯ) ގެ މާލީ އެހީގެ ޕެކޭޖަކަށް ރުހުން ދީފިއެވެ.
މިނިންމުން ނިންމާފައި މިވަނީ އިގްތިސާދީ ގޮތުން ބޮޑެތި ދަތިތަކާއި ޑިފޯލްޓްވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ޕާކިސްތާނާ އެކު އެތައް މަހެއްވަންދެން ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.
ބެލެންސް އޮފް ޕޭމަންޓްގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާއިރު، މަރުކަޒީ ބޭންކުގެ ރިޒާވް ހުރީ އެއް މަސް ދުވަހުގެ ރެގިއުލޭޓެޑް އިމްޕޯޓް ކަވަރު ކުރެވޭ ވަރަށް ކަމަށް އެ ގައުމުން ބުނެއެވެ. މީގެ އިތުރުން ޕާކިސްތާނަށް ވެސް މިދިޔަ އަހަރު ވަނީ ފެންބޮޑުވުމުގެ އަސަރުކޮށްފައެވެ.
އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ބުނީ ފާސްކޮށްފައިވާ އެހީގެ ޕެކޭޖަކީ ޕާކިސްތާނުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށާއި ކުރިމަތިވެދާނެ ޝޮކްތަކުން ސަލާމަތްކޮށް، އިޖުތިމާއީ ތަރައްގީއަށް ކުރާ ހަރަދުތަކަށް ޕާކިސްތާނުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ޖާގަ ތަނަވަސް ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ ޕެކޭޖެއް ކަމަށެވެ.
ނުވަ މަސް ދުވަހުގެ މުއްދަތަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ވަގުތުން ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އައިއެމްއެފުން ބުނި ގޮތުގައި ޕާކިސްތާނަށް ކުރިމަތިވެފައި ވަނީ ބޭރުގެ ބޮޑެތި ގޮންޖެހުންތަކާއި، ފެންބޮޑުވުމުގެ ސަބަބުންނާއި ސިޔާސަތުގެ ގޯސްތަކުގެ ސަބަބުން މާލީ ގޮތުންނާއި ބޭރުގެ ބޮޑެތި ޑެފިސިޓްތަކާއި އިންފްލޭޝަން އިތުރުވެ، ރިޒާވް ބަފާސް ދަށްވުމެވެ.
ޕާކިސްތާނަށް މި އެހީއަށް އިބްތިދާއީ ހުއްދަ ލިބުނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
މި އެއްބަސްވުމުގެ ދަށުން އައިއެމްއެފުން ވަނީ ހަކަތައިގެ އަގުއުފުލުމަށާއި ކަރަންސީ ކޮންޓްރޯލް ނައްތާލުމަށާއި ޓެކްސް ނެގުން އިތުރުކުރުމާއި ހަރުކަށި މަނިޓަރީ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޕާކިސްތާނުގައި އެދިފައެވެ. މަރުކަޒީ ބޭންކުގެ ޕޮލިސީ އިންޓްރެސްޓް ރޭޓް ރެކޯޑް މިންވަރަކަށް 22 އިންސައްތައަށް އުފުލޭނެ ކަމަށް ބެލެވޭއިރު، އާ ޓެކްސްގެ ގޮތުގައި ސަރުކާރަށް 1.39 ބިލިއަން ޑޮލަރު ހޯދަން ޖެހެއެވެ.
މީގެ އިތުރުން އައިއެމްއެފުން ވަނީ ޕާކިސްތާނުން އުމްރާނީ އިސްލާޙުތައް ގެނައުމުގައި، ހާއްސަކޮށް ހަކަތައިގެ ދާއިރާއާއި، ސަރުކާރު ހިއްސާވާ ވިޔަފާރިތަކާއި، ކްލައިމެޓް ރެޒިލިއަންސްގެ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ކުރީގެ ބޮޑުވަޒީރު އިމްރާން ޙާން އިސްވެ ހުންނަވައިގެން 2019 ވަނަ އަހަރު ހެދި އެއްބަސްވުމާ އެއްގޮތަށް ޕާކިސްތާނުން އަމަލު ކޮށްފައި ނުވާތީ އައިއެމްއެފުން 1.1 ބިލިއަން ޑޮލަރު ހިފަހައްޓާފައި ވަނިކޮށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ބެއިލްއައުޓް ޕެކޭޖް ދޫކުރުން ވަނީ މަޑުޖައްސާލައިފައެވެ.
އިމްރާންގެ ސަރުކާރު ވައްޓާލީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
