މާލެ: 31°C

އައިއެމްއެފްގެ ލޯނު ހޯދަން ޕާކިސްތާނުން ޓެކްސް ބޮޑުކުރަނީ

June 25, 2023
2 ފަހަރު ބަލާފައި
އައިއެމްއެފްގެ ލޯނު ހޯދަން ޕާކިސްތާނުން ޓެކްސް ބޮޑުކުރަނީ
އައިއެމްއެފްގެ ލޯނު ހޯދަން ޕާކިސްތާނުން ޓެކްސް ބޮޑުކުރަނީ
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ޓެކުހާ ގުޅޭ ގޮތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޕާކިސްތާނުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ. އާ ޓެކްސްތައް ތަންފީޒުކޮށް، އިތުރު 215 ބިލިއަން ރުޕީސް (ގާތްގަނޑަކަށް 750 މިލިއަން ޑޮލަރު) އުފައްދައި، ޖުމްލަ 9.4 ޓްރިލިއަން ރުޕީސްގެ އާމްދަނީއެއް ހޯދުމުގެ ވިސްނުން އެގައުމުން ގެންގުޅެއެވެ. އެ ނިންމުންތައް ނިންމީ ޕާކިސްތާނުގެ އޮފިޝަލުންނާއި އައިއެމްއެފްއާ ދެމެދު ތިން ދުވަސް ވަންދެން ކުރެވުނު މަޝްވަރާތަކަށް ފަހުނޖމކހު87،ިުއެވެ. ފިނޭންސް މިނިސްޓަރު އިސްހާގު ދާރު ހޮނިހިރު ދުވަހު ޕާލަމެންޓުގައި އިއުލާނު ކުރެއްވީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ބަޖެޓް ފައިނަލް ކުރާނެ ކަމަށެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ސަރުކާރުން ވަނީ މި މަހުގެ ކުރީކޮޅު އަހަރީ ހަރަދުކުރުމުގެ ޕްލޭން އިފްތިތާހުކޮށްފައެވެ. ބަޖެޓުގެ އަމާޒަކީ އިގްތިސާދީ ކުރިއެރުން ކުރިއެރުވުމާއި 6.7 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއް އަލުން އިއާދަކުރުމަށް އައިއެމްއެފުން ކަނޑައަޅާފައިވާ ހަރުކަށި ޝަރުތުތަކާ އެއްގޮތަށް އަމަލުކުރުމާ ދެމެދު ބެލެންސެއް ގާއިމުކުރުމެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި ފަދައިން 85 ބިލިއަން ރުޕީސް ހަރަދުތައް މުރާޖައާކޮށް ކުޑަކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. އައިއެމްއެފުން ވަނީ ބަޖެޓުގައި ހުރި ބައެއް ހުށަހެޅުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކިން ހާއްސަކޮށް، ޓެކުހުގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެ ސިޔާސަތުތަކުގެ ސަބަބުން އާމްދަނީގެ އަސާސް ހަރުދަނާ ގޮތެއްގައި ފުޅާކުރެވިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. މި ހަފުތާގައި ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާއާ އެކު ބައްދަލުވުމެއް ބާއްވައި ބަޖެޓް ރަނގަޅު ކުރުމަށް އައިއެމްއެފްއާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވައުދުވެފައިވާކަން ހާމަކުރައްވާފައެވެ. ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު އިސްހާގު ދާރު ވިދާޅުވި ގޮތުގައި ޕާކިސްތާނުން އަންނަނީ އެ ގައުމުގެ ޕްރޮގްރާމް އަލުން ދިރުވުމަށް އެންމެ ފަހުގެ މަސައްކަތްތަކެއް ކުރަމުންނެވެ. ޕާކިސްތާނުން މިހާރު ލަފާކުރާ ގޮތުގައި އައިއެމްއެފްގެ ޕްރޮގްރާމުގެ މުއްދަތު ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވުމުގެ ކުރިން މަދުވެގެން 1.1 ބިލިއަން ޑޮލަރުގެ ފަންޑިން ލިބޭނެ އެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ޓެކުހާއި ތެލުގެ އަގު ބޮޑުކުރުމާއި، ބޭރު ފައިސާގެ ރޭޓުގެ ކޮންޓްރޯލަށް ލުއިދިނުން ފަދަ ފިޔަވަޅުތައް ތަންފީޒުކޮށްފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ