މާލެ: 31°C

އައިއެމްއެފްގެ ބެއިލްއައުޓާ ދެކޮޅަށް ލަންކާގައި ޔޫނިއަންތަކުން ހަޅުތާލުކުރަނީ

March 16, 2023
2 ފަހަރު ބަލާފައި
އައިއެމްއެފްގެ ބެއިލްއައުޓާ ދެކޮޅަށް ލަންކާގައި ޔޫނިއަންތަކުން ހަޅުތާލުކުރަނީ
އައިއެމްއެފްގެ ބެއިލްއައުޓާ ދެކޮޅަށް ލަންކާގައި ޔޫނިއަންތަކުން ހަޅުތާލުކުރަނީ
ސްރީލަންކާ އަށް، އައިއެމްއެފްގެ ބެއިލްއައުޓް ލިބުމުގެ ޝަރުތެއްގެ ގޮތުގައި ނަގަމުން އައި އިންކަމް ޓެކްސް ބޮޑު ކުރަން ނިންމުން ލޭބާ ޔޫނިއަންތަކުން ހަޅުތާކުުރަން ފަށަިއފިއެވެ. ބުދަ ދުވަހު 40 އަށް ވުރެ ގިނަ ޓްރޭޑް ޔޫނިއަން ކުރި ހަޅުތާލާ ހެދި ސްކޫލުތަކުން ޓާމް ޓެސްޓުތައް ކެންސަލްކޮށް ހޮސްޕިޓަލްތަކުގެ އައުޓްޕޭޝަންޓް ޑިޕާޓްމަންޓްތައް ވަނީ ބަންދުކޮށްފައެވެ. އެއާ ޓްރެފިކް ކޮންޓްރޯލަރުންވެސް ހަޅުތާލުގައި ބައިވެރިވިއެވެ. އޭގެ ސަބަބުން ބައިނަލްއަގްވާމީ 14 ފްލައިޓްތަކުގެ އޮޕަރޭޝަންތައް ދިޔައީ ވަރަށް މަޑު ދުވެއްޔެއްގައެވެ. އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ އެސޯސިއޭޝަންގެ ސެކްރެޓަރީ ރަޖިތާ ސެނެވިރަތުނޭ އޭއެފްޕީއަށް ވިދާޅުވި ސަރުކާރުން އަލަށް ކަނޑައަޅާ ޓެކްސް ރޭޓްތައް އަނބުރާ ނުގެންގޮސްފި ނަމަ މިހާރަށްވުރެ ބޮޑަށް ހަޅުތާލު ކުރިއަށްދާނެ ކަމަށެވެ. މި ހަޅުތާލު ކޮށްފައި ނުކިޔަމަންތެރިވާ ކޮންމެ މީހެއްގެ ވަޒީފާ ގެއްލޭނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. "ޒަރޫރީ ހިދުމަތުގެ އަމުރާ ހިލާފުވާ ކޮންމެ މީހަކަށް ގާނޫނުގެ ފުރިހަމަ ބާރާއި ކުރިމަތިލާން ޖެހޭނެ،" ކެބިނެޓުގެ ތަރުޖަމާނު ބަންޑޫލާ ގުނަވަރުދަނާ ވަނީ އިންޒާރު ދެއްވާފައެވެ. ޔޫނިއަންތަކުން ބުނަނީ ހަޅުތާލުގެ މުއްދަތު ބިނާވާނީ އައިއެމްއެފްގެ 2.9 ބިލިއަން ޑޮލަރުގެ ރެސްކިއު ޕެކޭޖަކަށް ކޮލިފައިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އާ ޓެކްސްތައް އަނބުރާ ގެންދިއުމަށް ސަރުކާރުން އެދުމުން އެކަމަށް ސަރުކާރުން ދޭ އިޖާބަގެ މައްޗަށް ކަމަށެވެ. އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ސްރީލަންކާއާ މެދު މި މަހުގެ 20 ވަނަ ދުވަހު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާއިރު، ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް 2.9 ބިލިއަން ޑޮލަރުގެ ފުރަތަމަ އިންސްޓޯލްމެންޓް ދޭނެ ކަމަށް ބެލެވެއެވެ. މަޝްވަރާތަކުގައި ބައިވެރިވި އޮފިޝަލުން ވިދާޅުވީ ޓެކްސް އިސްލާހުކުރި ފަހުން މުޒާހަރާތަކާއި އިޖުތިމާއީ ހަމަނުޖެހުންތައް އައިއެމްއެފުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ސްރީލަންކާއަކީ މުޅި ދުނިޔޭގައި ވެސް ޓެކްސްގެ ގޮތުގައި އެންމެ މަދުން އާމްދަނީ ލިބޭ އެއް ގައުމެވެ. ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން ނޫނީ ގައުމުގެ އިގްތިސާދީ ހީނަރުކަމަށް ހައްލެއް ނުލިބޭނެ ކަަމަށް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވިއެވެ. އޭޕްރީލް މަހުގެ މެދުތެރޭގައި ބޭރު ސަރުކާރުގެ 46 ބިލިއަން ޑޮލަރުގެ ދަރަނި ނުދެއްކުމުން ސްރީލަންކާއިން ރަސްމީކޮށް އައިއެމްއެފްގެ އެހީއަށް އެދުނީ މިދިޔަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުއެވެ. 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ