މާލެ: 31°C

އިމާރާތެއް ވެއްޓި މިސްރުގައި ނުވަ މީހަކު މަރުވެއްޖެ

July 18, 2023
2 ފަހަރު ބަލާފައި
އިމާރާތެއް ވެއްޓި މިސްރުގައި ނުވަ މީހަކު މަރުވެއްޖެ
އިމާރާތެއް ވެއްޓި މިސްރުގައި ނުވަ މީހަކު މަރުވެއްޖެ
ހޯމަ ދުވަހު މިސްރުގެ ގާހިރާގެ ހަޑައިކް އެލް-ކޮއްބާ އަވަށުގެ މައްކާވީ ސަރަހައްދުގައި ފަސް ބުރީގެ، މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓިއްޖެއެވެ. ސިވިލް ޕްރޮޓެކްޝަނާއި ފުލުހުންގެ އޮފިސަރުންނާއި އެމްބިއުލާންސްގެ ކްރޫން ވަނީ ސަލާމަތްވި މީހުން ހޯދުމަށް އެސަރަހައްދަށް ފޮނުވައިފައެވެ. ގާހިރާގެ ގަވަރުނަރޭޓްގެ މަންދޫބުން އެތަނުގެ އިބްތިދާއީ އިންސްޕެކްޝަންތަކާ ހަވާލާދީ ވިދާޅުވީ ހުއްދައަކާ ނުލައި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ގަވައިދާ ހިލާފަށް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ އެ ހިތާމަވެރި ހާދިސާއަށް މަގުފަހިވާ ކަމެއް ކަމަށެވެ. ގާހިރާގެ ގަވަރުނަރު ހާލިދު އަބްދުލް އާލް ވިދާޅުވީ އެ މައްސަލަ ބެލުމަށް އިންޖިނިއަރިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. ކައިރީގައި ހުރި އިމާރާތްތައް ހުސްކޮށް، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ނިމި އެތަން ސާފުކުރެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެތަންތަނަށް ބޭނުންވާ ގޭހާއި ކަރަންޓުގެ ހިދުމަތް ވަނީ ކަނޑާލާފަ އެވެ. ޕަބްލިކް ޕްރޮސެކިއުޝަނުން ގެންދަނީ މަންޒަރު ދުށް މީހުންގެ ބަޔާން ނަގަމުންނެވެ. ސޯޝަލް ސޮލިޑަރިޓީ މިނިސްޓަރު ނިވީން އަލް ކަބާގް ވަނީ ގަވަރުނަރާއި ގުޅިގެން ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 60،000 މިސްރު ޕައުންޑް (1،940 ޑޮލަރު) ދިނުމަށް ނިންމާފައެވެ. އެ އިމާރާތް ވެއްޓިފައި މިވަނީ މިސްރުގެ އުތުރުގައި އޮންނަ ބެހެއިރާ ގަވަރުނަރޭޓްގެ ރާޝިދު (ރޮސެޓާ ގެ ނަމުން ވެސް މަޝްހޫރު) ސިޓީގައި އަށް ބުރީގެ އިމާރާތެއް ވެއްޓި 10 މަހުގެ ތުއްތު ކުއްޖަކާއި 38 އަހަރުގެ ފިރިހެނަކު މަރުވެ 13 މީހަކަށް އަނިޔާވިތާ އެއް ދުވަސް ފަހުންނެވެ. މިދިޔަ ޖޫން މަހު އުތުރުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ އެލެގްޒެންޑްރިއާގައި 14 ބުރީގެ އެޕާޓްމެންޓް އިމާރާތެއް ވެއްޓި ތިން މީހުން މަރުވެފައިވެއެވެ. މިދިޔަ ފެބްރުއަރީ މަހު ވެސް ގޭސް ސިލިންޑަރެއް ގޮވައި ދެ ގެއެއް ބިމާހަމަވި ހާދިސާގައި ދެ މީހަކު މަރުވެ 25 މީހުން ޒަހަމްވިއެވެ. އަދި 2022 ވަނަ އަހަރުގެ ޖޫން މަހު ގާހިރާގައި ފަސް ބުރީގެ އިމާރާތެއް  ވެއްޓި ހަ މީހުން މަރުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ