މާލެ: 31°C

ހުއްޓިފައި އޮތް ލަންކާގެ ފަތުރުވެރިކަން ރިކަވަރީއާ ދިމާލަށް

January 25, 2023
2 ފަހަރު ބަލާފައި
ހުއްޓިފައި އޮތް ލަންކާގެ ފަތުރުވެރިކަން ރިކަވަރީއާ ދިމާލަށް
ހުއްޓިފައި އޮތް ލަންކާގެ ފަތުރުވެރިކަން ރިކަވަރީއާ ދިމާލަށް
ޖެނުއަރީ މަހުގެ ފުރަތަމަ ތިން ހަފުތާގައި ސްރީލަންކާއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 70،000 އިން މައްޗަށް އަރައިފިއެވެ. ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ) ގެ ވަގުތީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ އެކަކުން ބާވީހުގެ ނިޔަލަށް 72،002 ފަތުރުވެރިން އެތެރެވެފައިވެއެވެ. 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ ގާތްގަނޑަކަށް 23 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ބާވިސް އަށް ލަންކާއިން ވަނީ ޖުމްލަ 58،548 މީހުންނަށް މަރުހަބާ ކިޔާފައެވެ. ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާ އެކު ޖެނުއަރީ މަހު ދުވާލެއްގެ މައްޗަށް އައި އެރައިވަލް އެވްރެޖް ވަނީ 3،272 އަށް ރަނގަޅުވެފައެވެ. ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގައި 20،875 މީހުން ވަނީ އެ ގައުމަށް އެތެރެވެފައެވެ. ދެ ވަނަ ހަފުތާގައި އެ އަދަދު ރަނގަޅުވެ 23،925 މީހުން ޒިޔާރަތް ކުރިއެވެ. އަދި ތިންވަނަ ހަފުތާގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 27،832 އަށް އިތުރުވެފައެވެ. 24 އިންސައްތާއެކު އެންމެ ކުރީގައި އޮތީ ރަޝިޔާއިން ޒިިޔާރަތްކުރާ ފަތުރުވެރިންނެވެ.  ދެ ވަނައިގައި އޮތީ އިންޑިއާއެވެ. ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޖަރުމަނުންނެވެ. އައި ފަތުރުވެރިންގެ އަށްއިންސައްތަ އަދި ހަތަރުވަނާގައި އޮތީ އިނގިރޭސިވިލާތެެވެ. މިދިޔަ ހަފުތާގައި އެސްއެލްޓީޑީއޭ އިން ވަނީ ޖެނުއަރީ މަހަށް ސްރީލަންކާއިން 105،000 ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފައެވެ. މި މަހުގެ ފަހު ހަފުތާގައި ސްރީލަންކާގެ ސޯސް މާކެޓްތަކުގެ ލިސްޓަށް ޗައިނާ ވަންނާނެ ކަމަށް ބެލެވެއެވެ. ޗައިނާގެ އާ އަހަރު ރަސްމީކޮށް ފެށީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އާ އަހަރުގެ ޗުއްޓީގައި ޗައިނާގެ ގިނަ ބަޔަކު ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. އެއީ  ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ގެންގުޅޭ ޒީރޯ ކޮވިޑް ސިޔާސަތު ނިމުމަކަށް ގެނައުމަށްފަހު ގައުމު ހުޅުވާލުމާ އެކުއެވެ. ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ދާދި ފަހުން ވިދާޅުވެފައި ވަނީ އެ ގައުމުގެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ބެއިލްއައުޓް ސްޓޭޓަސް އަށް ބެލުމެއް ނެތި މި އަހަރު ސްރީލަންކާގެ ޓޫރިޒަމަށް ކުރިއެރުމެއް އަންނާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ