ހުރިހާ ތަނެއްގައި ވެސް ކާބޯތަކެތީގެ އަގުބޮޑު، މުސްލިމުންނަށް ދަތި ރޯދަމަހެއް!

ހުރިހާ ތަނެއްގައި ވެސް ކާބޯތަކެތީގެ އަގުބޮޑު، މުސްލިމުންނަށް ދަތި ރޯދަމަހެއް!
ލިޔުން:
ރޯދަ މަސް ފެށުނު އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް މުސްލިމުންނެެއް އިހުސާސްކުރަމުން ދަނީ އިންފްލޭޝަން މަތިވުމުގެ ދަތިކަމެވެ. އަދިވެސް މުޅިން ނުފިލާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ކާބޯތަކެެއްޗާއި ހަކަތައިގެ އަގު ވަނީ އުފުލިފަ އެވެ. އެންމެ ގިނަ މުސްލިމުން ދިރިއުޅެނީ ދުނިޔޭގެ ދެކުނު ސަރަހައްދުތައް ކަމަށްވާ މެދުއިރުމައްޗާއި އޭޝިއާއާއި އެފްރިކާގައި ކަމަށް ވާއިރު ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް އޮތީ ވެސް އެ ަސަރަހައްދުގަ އެވެ.
ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ ޔޫއެންގެ އެޖެންސީ ، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއއެފްޕީ) އިން ލަފާކުރާ ގޮތުގައި ދުނިޔޭގެ 349 މިލިޔަން މީހުން 2022 ވަނަ އަހަރުން ފެށިނެ އުޅެމުން އަންނަނީ އެކަށީގެންވާ ވަރަށް ކާބޯތަކެތި ލިބުމުގެ ކަށަވަރުކަމެއް ނެތި އެވެ. އަދި އޭގެ ތެރެއިން 140 މިލިޔަން މީހުންގެ ބަނޑުފުރާނަމުއްތި ކުރަން ްއެހީތެރިކަން ބޭނުންވެެ އެވެ. މިއަހަރު ފެށުނު އިރު މި ހިސާބުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. އެ ޖެންސީގެ ހިސާބުތަކުން ދައްކާ ގޮތުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބި ތިބި ގިނަ މީހުންނަކީ އޭޝިއާއާއި އެފްރިކާގައި ދިރިއުޅޭ މީހުންނެވެ.
"އާއިލާތަކުން އެހެނިހެން ތަކެއްޗާއި ހިދުމަތްތަކަށް ކުރާ ހޭދަ، ކާނާގެ އަގު ބޮޑުވުމުގެ ސަބަބުން ވަނީ މަދުކުރަން ޖެހިފައި،" ޑަބްލިއުއެފްޕީގެ އިގުތިސާދީ މާހިރެއް ކަމަށްވާ ފްރިޑެރިކް ގްރެބް އަލް ޖަޒީރާއަށް ވިދާޅުވެފައި ވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ކާބާތަކެތީގެ އަގު މިހާރު ހުރި ގޮތުން، ފުދުންތަރިކަން ކުޑަ އާއިލާއެއް ނަމަ އެމީހުންގެ އާމްދަނީގެ 150 ޕަސެންޓް ހަރަދުކުރަން ޖެހެނީ ކާބޯތަކެއްޗަށެވެ.
ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ރޯދަމަހުގެ ކެއިންބުއިމުގެ ސަގާފަތަށް ވަނީ ބޮޑެތި ބަދަލުތައް ގެންނަން ޖެހިފަ އެވެ. އަލްޖަޒީރާ ބުނި ގޮތުގައި ކަދުރާއި ކޭކާއި ޖޫސް ފަދަ ބާވަތްތައް ބޭނުންކުރާ ވަރު ގިނަ ސަރަހައްދުތަކުގައި ވަނީ މަދުކުރަން ޖެހިފަ އެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މުސްލިމް އާއިލާތަކަށް ކުރަނީ ކޮން ކަހަަލަ އަސަރުތަކެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތަކެއް ނުކުމެދާނެ ހެއްޔެެވެ؟ އެހީދޭ ޖަމާއަތްތަކަށް އެކަމުގައި ދައުރެއް އަދާކުރެވިދާނެ ހެއްޔެވެ؟
ކުރު ޖަވާބަކީ މި އެވެ. ރެކޯޑް މިންވަރަކަށް ތަކެތީގެ އަގުބޮޑުވެފައިވާ ގައުމުތަކުގައި މިފަހަރު މުސްލިމުން ރޯދަ މަހުގެ އުފާ ފާޅުކުރާ ގޮތް ތަފާތުވާނެ އެވެ. ބޭނުންކުރާ ކާބޯތަކެތިން ފެށިގެން ރޯދަމަހު ދޭ ހަދިޔާތަކާ ހަމައަށް ވެސް ކަންތައްތައް ތަފާތުވާނެ އެވެ. އެހީދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި އެ ހީއަށް އެދޭ ފަރާތަތައް ގިނަވެ، އެ ޖަމާއަތްތައް ވަނީ ހަދާނެ ގޮތް ހުސްވެފަ އެވެ. އެހެން ނަމަވެސް މި ދަތިކަމުގެ ސަބަބުން،. ހީވެސް ނުކުރާ ކަހަލަ ގޮތަކަށް މުޖުތަމައުތައް އެކުވެރިކުރުވާނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
