މާލެ: 31°C

ހިތުގެ އުދާސް: ޓީޗަރަކު ދެކެ ލޯބި ވެވިއްޖެ

June 4, 2024
8 ފަހަރު ބަލާފައި
ހިތުގެ އުދާސް: ޓީޗަރަކު ދެކެ ލޯބި ވެވިއްޖެ
ހިތުގެ އުދާސް: ޓީޗަރަކު ދެކެ ލޯބި ވެވިއްޖެ
ސ. އަހަރެން އުޅެނީ މާލޭގައި ހިންގާ އަމިއްލަ ސްކޫލެއްގެ ދިހަ ވަނަ ގްރޭޑުގަައެވެ. މިވާހަކަތައް ކިޔައިދިނުމުން ފަހަރުގައި އަހަރެންނަށް މަލާމާތްވެސް ލިބިދާނެއެވެ. އެކަމަކުވެސް މައްސަލައެއް ނެތެވެ. އަހަރެެންގެ ހިތުގެ އުދާސްތައް ބޭރުކޮށްލަން ބޭނުންވެއެވެ. ސްކޫލުގެ ޓީޗަރެއް ދެކެ އަހަންނަށް ލޯބިވެވިއްޖެއެވެ. އެއީ އަހަރެންނަށް ކިޔަވައިދޭ ޓީޗަރެއް ނޫނެވެ. އޭނަ ކިޔަވައިދެނީ އަށް ވަނަ ގްރޭޑަށެވެ. އަހަރެންގެ ކުލާހާ ޖެހިގެން ހުންނަ ކުލާހަށް އޭނާ ކިޔަވައިދޭން އާދެއެވެ. އޭނާ އެންމެ ފުރަތަމަ އަހަރެންނަށް ފެންނަނީ އަހަރެމެން ކުލާހުގައި މާބޮޑަށް އަޑުގަދަވުމުން، އޭނާ އައިސް ކުލާސް ދޮރުމަތީގައި ހުއްޓި، "ކުޑަކޮށް އަޑު މަޑުކޮށްލިއްޔާ ރަނގަޅު" މިހެން ބުނި ދުވަހުއެވެ. އެދުވަހުން ފެށިގެން އަހަރެންގެ ހިތް އޭނައަށް ފާރަލައެވެ. އޭނަ ފެންނަން ބޭނުންވެއެވެ. އޭނައާ ވާހަކަ ދައްކަން ބޭނުންވެއެވެ. އަހަރެންގެ ފޯނުން، ސިއްރުން އޭނަގެ ފުލް އިސްކޮޅުގެ ފޮޓޯއެއް ވެސް ނަގައިފީމެވެ. މިހާރު ހަމައެކަނި ލިބޭ ހިތްހަމަ ޖެހުމަކީ އެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ފޮޓޯގަނޑާ ވާހަކަ ދެއްކުމެވެ. އަހަރެން ހަމަ ރަނގަޅަށް ވެސް މޮޔަވެއްޖެއެވެ. މިކަމުގައި ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ -- މައިޝާ ޖ. މައިޝާގެ ހިތުގެ ތިޔަ އެދުމުގެ ވާހަކަ ކިޔައިދިނުމަކީ ހިތަށް ލިބޭނެ ލުއި ކަމެކެވެ. އަހަރެން މައިޝާގެ ލޯތްބަށް ހުރަސްއަޅާކަން ނެތީއެވެ. އަދި މައިޝާގެ ކިޔެވުން ހަލާކުވެގެންދާކަށް ވެސް ނޭދެމެވެ. މައިޝާއަކީ އަދި ކުޑަކުއްޖެކެވެ. އަހަރެން މިބަލަނީ ގާނޫނަށެވެ. ތިޔަ އިހްސާސްތައް އަދި ކޮންޓްރޯލުކޮށް ކިޔަވައިގެން މޮޅުވާށެވެ. މިއީ ތައުލީމުގެ ޒަމާނެވެ. މީހަކާ އިނދެގެން ރަނގަޅު ދިރިއުޅުމެއް ހޯދަން ބަލާއިރު، ރަނގަޅު ތައުލީމެއް ލިބިފައި ހުރުން ވަރަށް މުހިއްމެވެ. އަދި ރީތި މީހުންނާ މައިޝާއާ ބައްދަލުވާނެއެވެ. އެމީހުންގެ ފޮޓޯތަކުން ފޯނު ފުރާލެވޭނެއެވެ. މައިޝާގެ ތިޔަ ޅަހިތުގައި ތިޔަ ޖަހަނީ ލޯބީގެ ވިންދެވެ. އެކަން ގަބޫލުކުރަމެވެ. އެހެންނަމަވެސް މިއީ ތިމާގެ ހިތުގެ އެދުންތަކުގެ މައްޗަށް ގަދަވެ ގަންނަން ދަސްކުރަންވީ އުމުރެވެ. މިއޮތީ އެވަގުތު އައިސް ޖެހިފައެވެ. ހިތްވަރާއެކު ނަމޫނާ ދައްކާށެވެ. -- ޕްރިންސް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ