ހިސާބު ޢިލްމު: ވިސްނުމާއި ޙައްލުހޯދުމުގެ ތަމްރީނު (އެއްވަނަ ބައި)

ހިސާބު ޢިލްމު: ވިސްނުމާއި ޙައްލުހޯދުމުގެ ތަމްރީނު (އެއްވަނަ ބައި)
ލިޔުން:
ހިސާބު އިލްމަކީ ކޮންޗެއްތޯއެވެ. ހިސާބު އިލްމު އުނގެނެންވީ ކީއްވެތޯއެވެ. މަދުރަސީ ދައުރުގައި ކޮންމެވެސް ހިސާބަކުން މިސުވާލުތައް ކުރެވެއެވެ. ހިސާބު އިލްމު އުނގަންނައި ދޭ މުދައްރިސެއްގެ ވިސްނުމުން އަޅުގަނޑުގެ ތަޖުރިބާއާއި ހިސާބު އިލްމާ ގުޅޭގޮތުން ކޮންމެވެސް ވަރެއްގެ މައުޅޫމާތު ކޮޅެއް ގެނެސްދެވޭތޯ ބަލާނަމަވެ.
ވިއްސަކަށް އަހަރުވަންދެން ހިސާބުޢިލްމު ކިޔަވައިދިނުމުގައި ކޮންމެވެސް ސިފައެއްގައި ޙަރަކާތްތެރިވެވުމަކީ ލިބުނު ނުހަނުބޮޑު ނަސީބެކެވެ. ކިޔަވައިދިނުމުގައި ހޭދަކުރި ކޮންމެ ކިލާހަކާ، ހައްލުކުރެވުނު ކޮންމެ މައްސަލައަކާ، ބައިވެރިވެވުނު ކޮންމެ މަޝްވަރާއަކުން ދަސްވީ، ހިސާބު ޢިލްމަކީ ހަމައެކަނި ފޯމިއުލާތަކެއް ނޫންކަމެވެ. ހަމައެކަނި ހައްލުކުރެވުނު އީކުއޭޝަންތަކެއް ނޫންކަމެވެ. ތަރުތީބުކުރެވުނު ބައްޓަން ނުވަތަ ނަންބަރުތަކެއް އެކަނި ނޫންކަމެވެ. ހެޔޮގޮތުގައި ވިސްނުމާއި ފިކުރު ހިންގުމުގެ ތަމްރީނެއްކަމެވެ. ކެތްތެރިކަމާއިއެކު ގޮންޖެހުންތަކާ ކުރިމަތިލައި، ހަރުދަނާކަމާއެކު ނިންމުންތައް ނިންމައި ދިރިއުޅުމުގެ ބޮޑެތި މައްސަލަތަކާ ކުރިމަތިލުމަށް ތަމްރީނުލިއްބައިދޭ ޚާއްޞަ ދަރުސްތަކެއްކަންވެސް މެއެވެ.
ޢާންމު ވިސްނުމުން ފާހަގަނުކުރެވުނު ނަމަވެސް ހިސާބު ޢިލްމަކީ އޭގައި އަގުނުކުރެވޭފަދަ އެތައް އެތައް މަންފާއެއް ހިމެނޭ ތަމްރީނުގެ ރާސްތާއެކެވެ. ވިއްސަކަށް އަހަރުގެ ތަޖުރިބާއިން ދަސްވީ، އިމްތިހާނަކަށް ތައްޔާރުކުރުމަށްވުރެ އެތައްގުނަ ބޮޑު ކަމަކަށް ހިސާބު ޢިލްމު އުނގެނުން ނުވެނުދާނެކަމެކެވެ.
ޢާންމުކޮށް ކުރިމަތިލާން ޖެހޭ ސުވާލެއް އޮވެއެވެ. "ހިސާބުޢިލްމު ކިޔަވަނީ ކީއްކުރަން ހެއްޔެވެ؟"
ހިސާބު ޢިލްމުގެ އެންމެ މުހިންމު އަސާސަކީ، ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ނުވަތަ ކަމަކާގުޅިގެން ހޯދަންއެދޭ ނާދިރު ހައްލު ހޯދުމުގައި އުފެއްދުންތެރިކަމާއެކު ވިސްނައި، ފުންކޮށް ފިކުރުހިންގަން ބޭނުންކުރާނެ އީޖާދީ އުކުޅުތައް ދެނެގަތުމެވެ.
މައްސަލަތައް މާނަހުރި ބައިބަޔަށް ކުދިކޮށް، ކޮންމެ ބައެއް ވަކިން ހައްލުކޮށް، ހައްލުތައް އަމުނައި ޖުމުލަ ހައްލެއް ހޯދަން ދަސްކުރުމެވެ. މިއިން ކޮންމެ ތަރުތީބު ޙަރަކާތެއްގެ ތެރެއިން ދަސްވާ ހުނަރަކީ ދިރިއުޅުމުގެ ކޮންމެދިމާލެއްގައިވެސް ބޭނުންކުރެވޭނޭ ހުނަރެކެވެ.ހިސާބު ޢިލްމުގެ ތެރެއިން ނިންމާކޮންމެ ނިންމުމަކީ ސާފު އަދި މާނަހުރި ތަރުތީބެއް އެކުލެވިގެންވާ ނިންމުމެއްކަމަށް ވެގެން ނޫނީ، ނަތީޖާއެއް ނުނެރެވޭނެއެވެ.
އެހެންކަމުން ސާފުކޮށް، ސަބަބު އެނގޭނޭހެން ވިސްނައި ބުނެދިނުމާ، އެމުނި އެކުލެވޭނޭހެން ޖުމުލަ ހައްލަކަށް ވާސިލުވުމަށް ބޭނުންވާނޭ ރާސްތާ ގާއިމުކުރަން ދަސްވެއެވެ. ނަތީޖާއަކީ ދިރިއުޅުމުގެ ކަންކަމުގައި ކުރިމަތިލައި ޙައްލުހޯދުމަށް ފަސްނުޖެހުމާއި، އެކުގައިވާ އެންމެނަށް ސާފުވާނެހެން މަރުހަލާތައް ސާފުކޮށް ފަހުމްވެ ކުރިޔަށްގޮސް މަންޒިލަށް ވާޞިލްވުމަށް ފަސޭހަވުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
