އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބާ ދިމާކޮށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މަގާމުން ދުރުކުރުމަށް ގޮވާލާ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން އިދިކޮޅު އެކްޓިވިސްޓަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެއެވެ.
ހަސީނާގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ވެރިރަށް ޑާކާ އާއި އެހެނިހެން ސިޓީތަކުގައި ހިނގާލުމެއް ބޭއްވިއެވެ. ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާ އިސްވެ ހުންނަވާ އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި ކުދި ޕާޓީތަކުން ވަނީ ހަސީނާ މަގާމުން އިސްތިއުފާ ދެއްވައި "ނިއުޓްރަލް ކެއާޓޭކަރު" ސަރުކާރެއްގެ ދަށުން އިންތިހާބު ބޭއްވުމަށް ގޮވާލައި މުޅި ގައުމުގައި މުޒާހަރާ ކުރުމަށް ގޮވާލައިފައެވެ. ބީއެންޕީގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަހްރުލް އިސްލާމް އަލަމްގިރު ވަނީ ޑިމޮކްރަސީ ގެނައުމަށް އެހީތެރިވުމުގެ ގޮތުން މިހާރުން މިހާރަށް އިސްތިއުފާ ދީ، ޕާލަމެންޓް އުވާލައި އިންތިގާލީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ގާތްގަނޑަކަށް 13 ކިލޯމީޓަރު (އަށް މޭލު) ދިގު ދެމިގެން ދިޔަ މި ހިނގާލުމުގައި އެ ސިޓީގެ އެކި ސަރަހައްދުތަކުން މީހުން ބައިވެރިވި އިރު، އެތައް ގަޑިއިރަކަށް ޓްރެފިކް ހުއްޓުނެވެ. ބީއެންޕީން ބުނީ އަންގާރަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އާއި އިތުރު 16 ތަނެއްގައި ބޭއްވި ހިނގާލުންތަކަށް ހަމަލާ ދީފައިވާ ކަމަށެވެ. ބީއެންޕީގެ ތަރުޖަމާނު ޒާހިރު އުއްދީން ސްވަޕާން އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ ލަކްޝްމީޕޫރުގައި ވެރިކަން ކުރާ ޕާޓީގެ ސްޓޫޑަންޓް ވިންގްގެ މެމްބަރުން ތަކެއް އެކްޓިވިސްޓެއް ކަމަށްވާ ސާޖިބް ހުސައިން އަށް ވަޅިން ހަމަލާދީ މަރާލާފައިވާ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ދެކުނުގެ އައްސޭރިފަށުގެ ޑިސްޓްރިކްޓްގައި ބީއެންޕީގެ އެތައް ސަތޭކަ ސަޕޯޓަރުންނަށް ފުލުހުން ޝޮޓްގަން ޖަހައި ބަޑީގެ ހަމަލާދީ 200 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލިއެވެ. ސަރުކާރުގެ ލަކްޝްމީޕޫރު ސަދަރު ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޖޮއިނާލް އަބޭދީން ވިދާޅުވީ އެ ހާދިސާގައި އެކަކު މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. އޭނާ ބުނީ މަރުވީ ކޮން ސަބަބަކާ ހުރެތޯ ބެލުމަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ކަމަށެވެ. ފުލުހުންގެ އިންސްޕެކްޓަރަކު ވިދާޅުވީ އެ މަރަކީ އިދިކޮޅު ފަރާތްތަކާއި ވެރިކަންކުރާ ޕާޓީއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މަރުވި މަރެއްކަން ޔަގީން ނުވާ ކަމަށެވެ. ގައުމީ ފުލުހުންގެ ތަރުޖަމާނު މޮންޒުރު ރަހްމާން ވަނީ މުޅި ގައުމުގައި ހިނގި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވައިފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގައި ދެކުނު އޭޝިއާގެ ސަރަހައްދީ ކެމްޕެއިނަރު ޔަސަސްމިން ކަވިރަތުނޭ ވަނީ ބަންގްލަދޭޝްގެ އިންތިހާބާ ދިމާކޮށް ނުތަނަވަސްކަން އިތުރުވެ، ފުލުހުންނަށް ބާރުގެ ބޭނުންކޮށް، ހިޔާލު ތަފާތުވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުން އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމްނެސްޓީން ވަނީ އެކްޓިވިސްޓްގެ މަރުގެ މައްސަލަ އަވަސް އަދި އިންސާފުވެރި ތަހުގީގެއް ހިންގައި، އެކަން ކުރި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ.ހަސީނާއާ ދެކޮޅަށް ބޭއްވި ބޮޑު ހިނގާލުމުގައި އިދިކޮޅުގެ އެކްޓިވިސްޓަކު މަރުވެއްޖެ

ހަސީނާއާ ދެކޮޅަށް ބޭއްވި ބޮޑު ހިނގާލުމުގައި އިދިކޮޅުގެ އެކްޓިވިސްޓަކު މަރުވެއްޖެ
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
