ހަސީނާއާ ދެކޮޅަށް ބަންގްލަދޭޝްގައި ކުރި މުޒާހަރާގައި ފުލުހުންނާ އާއްމުންނާ ކުރިމަތިލައިފި

ހަސީނާއާ ދެކޮޅަށް ބަންގްލަދޭޝްގައި ކުރި މުޒާހަރާގައި ފުލުހުންނާ އާއްމުންނާ ކުރިމަތިލައިފި
ލިޔުން:
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ވެރިރަށް ޑާކާގެ ބޮޑެތި މަގުތަކުގައި ކުރި މުޒާހަރާތައްް ރޫޅާލުމަށް ފުލުހުން ރަބަރު ބުލެޓާއި ކަރުނަ ގޭސް ޖަހައިފިއެވެ.
ހަސީނާ މަގާމުން އިސްތިއުފާ ދެއްވައި، އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ބެލެހެއްޓުމުގެ ފުރުސަތު ވަގުތީ ސަރުކާރަކަށް ދިނުމަށް ގޮވާލައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި އެ ޕާޓީގެ ބައިވެރިން ވަނީ މިދިޔަ އަހަރުން ފެށިގެން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައެވެ.
ބައެއް ތަންތަނުގައި ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ފަތިހު އެއްވި އެތައް ހާސް ބަޔަކު އެ ސިޓީގެ މުހިއްމު ސަރަހައްދުތަކުގެ ޓްރެފިކް ހުއްޓުވަން މަސައްކަތްކުރުމުން އެ މީހުން ކޮންޓްރޯލް ކުރަން ފުލުހުން ނުކުތުމުންނެވެ.
"ބައެއް އޮފިސަރުންނަށް އަނިޔާވި،" ޑާކާ މެޓްރޮޕޮލިޓަން ޕޮލިސްގެ ތަރުޖަމާނު ފާރޫގު އަހުމަދު ވިދާޅުވިއެވެ. ކަރުނަ ގޭހާއި ރަބަރު ބުލެޓް ޖެހީ."
އަހްމަދު ވިދާޅުވީ އެ ސިޓީގެ ވަށައިގެން މުޒާހަރާ ކުރި ހަތަރު ސަރަހައްދުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.
ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގެ ޕޮލިސް އިންސްޕެކްޓަރެއް ކަމަށްވާ ބަޗޫ މިއާ ވިދާޅުވީ މުޒާހަރާގެ ހަ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.
ބީއެންޕީގެ އިސް ވެރިން ކަމަށްވާ ގޮޔޭޝްވަރު ރޯއީ އާއި އަމާނުﷲ އަމާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ރަސްމީކޮށް ހައްޔަރު ކޮށްފައި ނުވާ ކަމަށް ފާރުގ ވިދާޅުވިއެވެ.
2009 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ވެރިކަން ކުރަމުން އަންނަނީ ހާސީނާގެ އައްވާމީ ލީގް ޕާޓީންނެވެ. ބީއެންޕީ އިސްވެ އޮވެ ކުރިއަށް ގެންދާ މުޒާހަރާތައް މި އަހަރު ފެށުނީއްސުރެ އާންމުވެފައިވާއިރު، މި މަހު ބޭއްވި އެއްވުންތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
