މާލެ: 31°C

ހަސީނާ އިސްތިއުފާދޭން ގޮވާލައި ބަންގްލަދޭޝްގައި މުޒާހަރާކުރަނީ!

January 12, 2023
2 ފަހަރު ބަލާފައި
ހަސީނާ އިސްތިއުފާދޭން ގޮވާލައި ބަންގްލަދޭޝްގައި މުޒާހަރާކުރަނީ!
ހަސީނާ އިސްތިއުފާދޭން ގޮވާލައި ބަންގްލަދޭޝްގައި މުޒާހަރާކުރަނީ!
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އިސްތިއުފާއަށާއި އާންމު އިންތިހާބެއް ބޭއްވުމަށް ސަރުކާރެއް އެކުލަވާލުމަށް ގޮވާލައި ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ބަންގްލަދޭޝްގެ އެކި ސިޓީތަކުގައި މުޒާހަރާ ކޮށްފިއެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އާއި އިތުރު ނުވަ ސިޓީއެއްގައި ބަންގްލަދޭޝްގެ ނޭޝަނަލް ޕާޓީ (ބީއެންޕީ) އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން އިއްޔެ މުޒާހަރާ ކުރިއެވެ. މިއީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދާތީވެ އެކަމާއި ނުރުހުން ފާޅުކޮށް މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެކެވެ. ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުން އިދިކޮޅު ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ހަސީނާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ބަންގްލަދޭޝްއަކީ އޭޝިއާގެ ގައުމުތަކުގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިގްތިސާދެވެ. ނަމަވެސް ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅިފައިވާ ދުނިޔޭގެ ކާބޯތަކެއްޗާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު ސަރުކާރަށް މަޖުބޫރުވީ ދިގު މުއްދަތަކަށް ކަރަންޓު ކަނޑާލާށެވެ. އަދި ފަގީރުންނަށް ކާބޯތަކެތީގެ އަތްފޯރާފަށަށް ގެނައުމަށެވެ. މެދުތެރޭގެ ސިޓީއެއް ކަމަށްވާ ފަރީދުޕޫރުގައި ވެރިކަންކުރާ އަވާމީ ލީގަށް ތާއީދުކުރާ ފަރާތްތަކުން މުޒާހަރާގެ ބައިވެރިންނަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު ޒަހަމްވިއެވެ. ބީއެންޕީގެ އޮފިޝަލުން ވިދާޅުވީ ޑާކާއަށް އެކަނިވެސް އެތައް ހާސް ބަޔަކު ޖަމާވެފައިވާ އިރު، އެތައް ހާސް ބަޔަކު އެގައުމުގެ އެކި ކަންކޮޅުތަކުގައި ބޭއްވި އެއްވުންތަކުގައި ބައިވެރިވި ކަމަށެވެ. ޔުނިވާސިޓީގެ ދަރިވަރު އަބޫ ނާއިމް އޭއެފްޕީ ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ބުނީ ދިރިއުޅުމުގެ ދިރިއުޅުމުގެ ހަރަދު ބޮޑު ބޮލުރިހުމަކަށްވެފައިވަ ކަމަށެވެ "ސަރުކާރަށް މިކަމުގައި މައްސަލައެއް ނުވެދާނެ، އެކަމަކު އަހަރުމެން ކަހަލަ މީހުން މަރުވަނީ. އަހަރުމެން މި ނިކުތީ މިކަމާއި ދެކޮޅަށް އަޑުއުފުލަން" އޭނާ ބުންޏެވެ. ބަންގްލަދޭޝްގެ ޓަކާގެ އަގު 25 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. ކާބޯތަކެތީގެ އިމްޕޯޓްގެ އަގު ބޮޑުވެ، އެގައުމުގެ ފަގީރު ރައްޔިތުންގެ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. [caption id="attachment_77757" align="aligncenter" width="953"] ހަސީނާއާ ދެކޮޅަށް ޑާކާގައި ބޭއްވި މުޒާހަރާގެ ތެރެއިން/ ފޮޓޯ: އޭއެފްޕީ[/caption] ފުލުހުން ބުނީ ފަރީދުޕޫރުގައި ހިނގި ހަމަނުޖެހުންތަކުގައި ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށެވެ. ސިޓީގެ ފުލުހުންގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީއަށް ވިދާޅުވީ، ހާލަތު ކޮންޓްރޯލް ކުރުމަށް ޓަކައި ރަބަރު ބުލެޓް ޖަހާފައިވާ ކަމަށެވެ. އެއްވުމުގައި 50،000 ހާހެއްހާ މީހުން ބައިވެރިވިއެވެ. ފަރީދުޕޫރުގެ އެއްވުމުގައި ބީއެންޕީގެ ލީޑަރެއް ކަމަށްވާ ޝަމާ އޮބޭދު އޭއެފްޕީއަށް ވިދާޅުވީ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެ 30 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހަސީނާގެ ޕާޓީ އަވާމީ ލީގުން ވަނީ ހަސީނާއަށް ތާއިދުކޮށް އެއްވުމެއް ބާއްވާފައެވެ. "ހަރުކަށި ފިކުރުގެ މީހުން އެއްތަނަކަށް ޖަމާވަނީ ވެރިކަމުން ވައްޓާލަން،" އަވާމީ ލީގުން ބޭއްވި އެއްވުމުގައި އިދިކޮޅު ފަރާތްތަކަށް އިޝާރާތްކޮށް އެތަނަށް ޖަމާވީ މީހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ