މާލެ: 31°C

ހަރަދު ކުޑަކުރަން ލަންކާގެ އަސްކަރިއްޔާގެ އަދަދު މަދުކުރަނީ

January 16, 2023
2 ފަހަރު ބަލާފައި
ހަރަދު ކުޑަކުރަން ލަންކާގެ އަސްކަރިއްޔާގެ އަދަދު މަދުކުރަނީ
ހަރަދު ކުޑަކުރަން ލަންކާގެ އަސްކަރިއްޔާގެ އަދަދު މަދުކުރަނީ
ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުރައްކާތެރި އިގްތިސާދީ ކާރިސާއާ ގުޅިގެން ހަރަދުތައް ކުޑަކުރުމަށް އެ ގައުމުގެ އަސްކަރިއްޔާގެ އަދަދު މަދުކުރަން ނިންމައިފައިވާ ކަމަށް ލަންކާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. ގައުމުގެ މާލީ ހާލަތު އޯވަހޯލް ކުރުމަށް އަންނަ އަހަރުގެ ނިޔަލަށް އަސްކަރިއްޔާގެ ސިފައިންގެ އަދަދު ތިންބައިކުޅަ އެއްބައި މަދުކުރަން ނިންމާފައިވެއެވެ. އެއީ 135،000 އެވެ. އަދި 2030 ވަނަ އަހަރު 100،000 އަށް މަދުކުރާނެ ކަމަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވަނީ ހުކުރު ދުވަހު ވިދާޅުވެެފައެވެ. ސްޓޭޓް މިނިސްޓަރު ޕްރެމިތާ ބަންޑާރަ ތެނަކޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަސްކަރީ ހަރަދުތަކަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ ފަރާތުން ކުރާ ހަރަދުތަކެއް ކަމަށާއި، އެކަމުގެ ސަބަބުން ނުސީދާގޮތުން ގައުމީ އަދި އިންސާނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ. "މީގެ މަގުސަދަކީ 2030 ވަނަ އަހަރުގެ ކުރިން ޓެކްނިކަލީ އަދި ޓެކްޓިކަލީ ހަރުދަނާ އަދި ބެލެންސްޑް ޑިފެންސް ފޯސްއެއް އުފެއްދުން" ތެނަކޫން ވިދާޅުވިއެވެ. 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގައި ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އިގްތިސާދީ ބޮޑު ކާރިސާއަކަށް ގައުމު ވެއްޓުމާ ގުޅިގެން ސަރުކާރުން ވަނީ ހަރަދުތައް ކުޑަކޮށްފައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ "ބެއިލްއައުޓަށް" ރުހުން ދިނުމުގެ ގޮތުން ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ޓެކްސް ބޮޑުކޮށް ހަރަދުތައް ކުޑަކުރައްވާފައެވެ. ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ލަންކާގެ ސިފައިންގެ އަދަދު އެންމެ މައްޗަށް ގޮސްފައިވަނީ 317،000 ސިފައިންނާ އެކުއެވެ. ލަންކާގެ ޖުމްލަ ހަރަދުތަކުގައި ދިފާއީ ދާއިރާގެ ހިއްސާ 2021 ވަނަ އަހަރު އެންމެމައްޗަށް ގޮސްފައިވަނީ އެގައުމުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓްގެ 2.3 އިންސައްތައިގައެވެ. މިދިޔަ އަހަރު ދައުލަތުގެ ހަރަދުގެ ގާތްގަނޑަކަށް 10 އިންސައްތަ ހިއްސާކުރީ ޑިފެންސްއިންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ސަރުކާރުގެ މުސާރައިގެ ދެބައިކުޅަ އެއްބައި ހޭދަކުރަނީ އަސްކަރިއްޔާއަށެވެ. ދައުލަތުގެ މުވައްޒަފުންނާއި ޕެންޝަނަށް ފައިސާ ދެއްކޭވަރަށް އާމްދަނީ ނުލިބޭ ކަމަށް ސަރުކާރުން ވަނީ ދާދި ފަހުން ބުނެފައެވެ. މިދިޔަ އަހަރު އިގްތިސާދު 8.7 ޕަސެންޓް ދަށަށް ގޮސްފައި މިވަނީ ދިގު މުއްދަތަކަށް ކަރަންޓު ކެނޑުމާއި، ޕެޓްރޯލް ހޯދަން ދަތިތައް ކުރިމަތިވުމާއި އިންފްލޭޝަންގެ ސަބަބުންނެވެ. މި މައްސަލަ އެންމެ ބޮޑަށް ހޫނުވީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެކަމާއި ރުޅިގަދަވި މުޒާހަރާގެ ބައިވެރިން އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ދިރިއުޅުއްވާ ރަސްމީ ގެކޮޅަށް ވަނދެ ހަޅުތާލުކުރުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ