ހަނގުރާމައިގައި ބައިވެރިވާން ދެކޮޅު ހެދުމުން ރަޝިއާ ސިފައިންގެ މީހަކު ޖަލަށް

ހަނގުރާމައިގައި ބައިވެރިވާން ދެކޮޅު ހެދުމުން ރަޝިއާ ސިފައިންގެ މީހަކު ޖަލަށް
ލިޔުން:
ޔޫކްރެއިންގައި ހަނގުރާމަ ކުރަން ދެކޮޅު ހެދުމުން އުމުރުން 24 އަހަރުގެ ރަޝިޔާގެ ސިފައިންގެ މީހަކު ފަސް އަހަރަށް ޖަލަށް ލާން ރަޝިއާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
"ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގައި ބައިވެރިވާން ބޭނުން ނުވާ" ސިފައިންގެ މީހާ 2022 ވަނަ އަހަރުގެ މެއި މަހު ޑިއުޓީއަށް ހާޒިރުނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މާސެލް ކަންޑަރޯވް ނަމަކަށް ކިޔާ އެ މީހާ ހޯދީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ އިތުރުން އަސްކަރީ ޓްރައިބިއުނަލަކުން ބުނީ ކަންދަރޯވް ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އެއް މަސް ދުވަސް ވަންދެން އަސްކަރީ ހިދުމަތުން ނުނިކުމެ ހުރުމުން ކަމަށެވެ.
ޔޫކްރެއިން ސިފައިންގެ އަތުން ހަނގުރާމައިގެ މައިދާނުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން ރަޝިޔާއިން ވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހަނގުރާމާގައި ބައިވެރިވާން އިތުރު ތިން ލައްކަ ފިރިހެނުން ބޭނުންވާކަން އިއުލާންކޮށްފައެވެ.
މި އިއުލާނާ ގުޅިގެން ގިނަ ބަޔަކު ވަނީ އަވަށްޓެރި ގައުމުތައް ކަމަށްވާ އަރުމޭނިއާ، ޖޯޖިއާ އަދި ކަޒަކިސްތާނަށް ހިޖުރަކޮށްފައެވެ. އެ އަމުރާ ދެކޮޅަށް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ރަޝިއާގެ ރައްޔިތުން ދަނީ އެއްވެ މުޒާހަރާކުރަމުންނެވެ. އެއްވި މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ މޮބިލައިޒްކޮށްފައިވާ ގިނަ ފިރިހެނުންނަށް ހަނގުރާމައިގެ މައިދާނުގެ އެއްވެސް ތަޖުރިބާއެއް ލިބިފައި ނުވާ ބައެއް ކަމަށެވެ. ރަޝިއާގެ ރަސްމީ ނޫސް އޭޖެންސީ ޓަސް އިން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މޮސްކޯގެ އަސްކަރީ ޓްރައިބިއުނަލަކުން ވަނީ މާރާމާރީ ހިނގްި ކަމުގެ ކުށް ސާބިތުވެ، ސިފައިންގެ މީހަކު ފަސް އަހަރާއި ހަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
ޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުން މާރާމާރީ ހިންގީ މޮސްކޯއިން ބޭރުގައި ތަމްރީނު ކުރުމާ މެދު ސިފައިންގެ މީހާ ހިތްހަމަނުޖެހުން ފާޅުކޮށްގެން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
