މާލެ: 31°C

ހަނގުރާމަ ނިމުމަމަކަށް ގެންނަން ސައުތު އެފްރިކާގެ ރައީސް ގޮވާލައްވައިފި

June 18, 2023
2 ފަހަރު ބަލާފައި
ހަނގުރާމަ ނިމުމަމަކަށް ގެންނަން ސައުތު އެފްރިކާގެ ރައީސް ގޮވާލައްވައިފި
ހަނގުރާމަ ނިމުމަމަކަށް ގެންނަން ސައުތު އެފްރިކާގެ ރައީސް ގޮވާލައްވައިފި
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ކިބައިން ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ އެދިވަޑައިގެންފިއެވެ. ރަމަފޯސާ އެހެން ވިދާޅުވީ އެފްރިކާގެ ހަ ގައުމެއް ތަމްސީލުކުރައްވާ ސުލްހައިގެ މިޝަންގައި ބައިވެރިވެވަޑައިގެން މިދިޔަ ހޮނިހިރު ދުވަހު ސެއިންޓް ޕީޓާސްބާގްގައި ޕޫޓިންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ މީގެ ކުރިން ވަނީ ޔޫކްރެއިންގެ ބިންތައް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު، ރަޝިޔާއާއެކު މަޝްވަރާނުކުރައްވާނެ ކަމަށް ވަފުދަށް އަންގަވާފައެވެ. އަނެއްކޮޅުން ޕުޓިން ވަނީ މަޝްވަރާތަކުގައި ބައިވެރިވުމަށް ޔޫކްރެއިން ދެކޮޅު ހަދާކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ރަމަފޯސާ ވަނީ ހަނގުރާމައިގެ ގައިދީން، ދެފަރާތުން ދޫކޮށްލުމަށް ގޮވާލައްވައި ރަޝިއާއިން ގެންގޮސްފައިވާ ކުދިން އަނބުރާ އާއިލާއާ ހަމައަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ނަމަވެސް ޕޫޓިން ވަނީ އެ ވާހަކަ މެދުކަނޑާލައްވައި ރަޝިއާއިން އެ ކުދިން ހިމާޔަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެ، އެ ކުދިން ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުން ނެރެފައިވަނީ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވިދާޅުވެފައެވެ. ޔޫކްރެއިންގެ ކުޑަކުދިން ގަވާއިދާ ހިލާފަށް ރަޝިއާއަށް ބަދަލުކުރި ކަމުގެ ހެކި ހުރި ކަމަށް އދ. އިން ބުނެއެވެ. ރަމަފޯސާ ވަނީ ހަނގުރާމައިގެ ސަބަބުން އެފްރިކާއަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޑިޕްލޮމެޓިކް ހައްލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭ ކަމުގެ ސާފު މެސެޖެއް ދެއްވައި، ހުރިހާ ހަނގުރާމައެއް ކޮންމެވެސް ހިސާބަކުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންއިން ކާޑުގެ ބާވަތްތަކާއި ރަޝިއާއިން ފާޓިލައިޒާ އެކްސްޕޯޓުކުރުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ނާމާންކަން، ހާއްސަކޮށް އެފްރިކާގެ ގައުމުތަކުގައި ވަނީ އިތުރުވެފައެވެ.. ޔޫކްރެއިންގެ ލީޑަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރަމަފޯސާ ވަނީ ޔޫރަޕްގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެފްރިކާގެ 1.2-1.3 ބިލިއަން މީހުންގެ ބޮޑު އާބާދީއަކަށް އަސަރު ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ