ހަމަނުޖެހުންތައް މަދުކުރަން އިޒްރޭލާ ފަލަސްތީނުން އެއްބަސްވެއްޖެ

ހަމަނުޖެހުންތައް މަދުކުރަން އިޒްރޭލާ ފަލަސްތީނުން އެއްބަސްވެއްޖެ
ލިޔުން:
އިޒްރޭލާ ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް މަދުކުރަން ދެ ފަރާތުން އެއްބަސްވެއްޖެއެވެ.
އެ ނިންމުމާ ހަމަޔަށް އައިސްފައިވަނީ އުރުދުންގައި، އެމެރިކާ އާއި މިސްރުގެ އޮފިޝަލުން ބައިވެރިވި މަޝްވަރާ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި، އިތުބާރު އުފެއްދުމަށް އެޅި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށާއި "އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައަކަށް މަސައްކަތް ކުރުމަށް" ވަނީ އެއްބަސްވެފައެވެ.
މަޝްވަރާތައް ކުރިއަށް ދިޔަ ދަނޑިވަޅާ ދިމާކޮށް ފަލަސްތީނުގެ ހަތިޔާރު އެޅި މީހަކު ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ދެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.
ރެޑްސީގެ ރިސޯޓެއް ކަމަށްވާ އަކަބާގައި މި ބައްދަލުވުން ބާއްވާފައިމިވަނީ ބޮޑު ހަމަނުޖެހުމެއް ހިނގައިދާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެންނެވެ. ބައްދަލުވުމުގައި އެމެރިކާގެ ރައީސްގެ މެދުއިރުމަތީގެ އެންމެ އިސް އެޑްވައިޒަރު ބްރެޓް މެކްގާކް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިޒްރޭލާއި ފަލަސްތީނުގެ ސަލާމަތީ އިސްވެރިން އެއްމޭޒު ދޮށަށް އައިސްފައި މިވަނީ އެތައް އަހަރުތަކެއް ފަހުންނެވެ.
ސަމިޓުގެ ފުރަތަމަ ނުކުތާގައި ބުނެފައި ވަނީ ދެ ފަރާތުން (ފަލަސްތީނާއި އިޒްރޭލުން) މީގެ ކުރިން ވެފައިވާ ހުރިހާ އެއްބަސްވުންތަކަށް ވައުދުވެ، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައަކަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިނުމެވެ.
އެ ބަޔާނުގައި ވާގޮތުން އިޒްރޭލުން ވަނީ އާ "ސެޓްލްމަންޓް ބިލްޑިންގެ" މަޝްވަރާ ކުރުން ހަތަރު މަސް ދުވަހަށް ހުއްޓާލަން އެއްބަސްވެފައެވެ. އޭގެ ބަދަލުގައި އދ ގައި، ފަލަސްތީނުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު ނާޅާނެއެވެ. މިސްރުގެ ޝަރުމް އަލް ޝެއިޚްގައި އަންނަ މަހު އިތުރު މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން ވިދާޅުވީ ދެ ފަރާތުން ވެފައިވާ ވައުދުތަކަށް މަރުހަބާ ކިޔާ ކަމަށާއި ކުރިއަށް އޮތް މަސްތަކުގައި އިޒްރޭލާ ފަލަސްތީނުގައި ހަމަހަމަ އަދި ތަނަވަސް މުސްތަގުބަލެއް ބިނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ވިދާޅުވީ އިޒްރޭލު މީހުން އާބާދުވުމަށް އަޅާ އިމާރާތްތަކުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. ޓެރަރިޒަމާ ދެކޮޅަށް، އެއްވެސް ހުރަހެއް ނެތި މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އިޒްރޭލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުންޏެވެ.
ގައްޒާ ކޮންޓްރޯލް ކުރާ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް އިން ވަނީ ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން "ބޭކާރު" މަޝްވަރާތަކުގައި ބައިވެރިވި ކަމަށް ބުނެ ފާޑުކިޔާފައެވެ.
މި އަހަރުގެ މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައު ފަލަސްތީނުގެ 60 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ފަލަސްތީނުން ދިން ހަމަލާތަކުގައި އިޒްރޭލުގެ 16 މީހަކު ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
