ހަމަނުޖެހުން ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނަން: ޕާކިސްތާނުގެ ބޮޑު ވަޒީރު

ހަމަނުޖެހުން ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނަން: ޕާކިސްތާނުގެ ބޮޑު ވަޒީރު
ލިޔުން:
ކޮރަޕްޝަންގެ ތުހުމަތުގައި، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ހައްޔަރުކުރުމާ ގުޅިގެން އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒް ޝަރީފް ކުށްވެރިކޮށްފިއެވެ.
ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޝަހުބާޒް ވަނީ ދެއްވާފައެވެ.
ބޮޑު ވަޒީރ،ު ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ އަސްކަރީ ތަންތަނަށާއި އާންމުންގެ މުދަލަށް ދިން ހަމަލާތައް ހިމެނޭ ގޮތަށް ދެ ދުވަސް ވަންދެން ހިނގި ހަމަނުޖެހުންތަކަށް ފަހުއެވެ.
އާންމުންގެ މުދަލަށް ދިން ހަމަލާތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށާއި ގާނޫނާ ހިލާފުވާ ކޮންމެ މީހަކަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު ވެސް ބޮޑުވަޒީރު ދެއްވިއެވެ.
ހަމަނުޖެހުންތަކުގެ ސީރިއަސްކަމާ މެދު ހައިރާންކަން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ 75 އަހަރު ތެރޭގައި އެފަދަ މަންޒަރެއް ފެނިފައި ނުވާ ކަމަށެވެ. އެމްބިއުލާންސްތަކާއި ސްވޮޓް މޮޓޯވޭގައި ރޯކޮށް، އަސްކަރީ ތަންތަނަށް ހަމަލާދިން ހާދިސާތައް ފާހަގަކުރެއްވިއެވެ.
އިމްރާންގެ ސަޕޯޓަރުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރި މުޒާހަރާތަކުގެ ސަބަބުން ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ހަތް މީހުން މަރުވެ، ގާތްގަނޑަކަށް 300 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ. އިސްލާމްއާބާދުގެ އިތުރުން އެހެނިހެން ޕްރޮވިންސްތަކުގައި ވެސް އަމާންކަން ދެމެހެއްޓުމަށް އަސްކަރިއްޔާ އިން ވަނީ ހަރަކާތްތެރިވެފައެވެ.
ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯގެ އަމުރެއްގެ ދަށުން ޕެރަމިލިޓަރީ ރޭންޖާސް އިން އިމްރާން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
