މާލެ: 31°C

ހަމަލާތައް ގިނަވެފައި ވަނިކޮށް ޔަހޫދީ ވަޒަންވެރިންނަށް ފަސޭހައިން ހަތިޔާރު ލިބޭ ގޮތް ހަދައިފި

January 30, 2023
2 ފަހަރު ބަލާފައި
ހަމަލާތައް ގިނަވެފައި ވަނިކޮށް ޔަހޫދީ ވަޒަންވެރިންނަށް ފަސޭހައިން ހަތިޔާރު ލިބޭ ގޮތް ހަދައިފި
ހަމަލާތައް ގިނަވެފައި ވަނިކޮށް ޔަހޫދީ ވަޒަންވެރިންނަށް ފަސޭހައިން ހަތިޔާރު ލިބޭ ގޮތް ހަދައިފި
އިސްރާއީލުން، ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އިޒްރޭލުގެ ރައްޔިތުންނަށް ހަތިޔާރު ލިބުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމަވައިފިއެވެ. ނަތަންޔާހޫ އެކަން އިއުލާނު ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސަލާމަތީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ފަހުއެވެ. ހުކުރު ދުވަހު، އިރުމަތީ ގުދުސްގައި ހުންނަ ޔަހޫދިންގެ ފައްޅިއަކަށް ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ހަތް މީހަކު ވަނީ މަރުވެފައެވެ. ބަޑީގެ ހަމަލާތައްދީފައި ވަނީ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި އިސްރާއީލުން ފަލަސްތީނުގެ ނުވަ މީހަކު މަރާލުމާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުންނެވެ. އިޒްރޭލު ސިފައިން ވަނީ މިމަހު އެކަނިވެސް ފަލަސްތީނުގެ 32 މީހަކު މަރާލާފައެވެ. ނަތަންޔާހޫ ވަނީ އިސްރާއީލުގެ ރައްޔިތުންނަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދިނުން އަވަސްކޮށް، "ގާނޫނާ ހިލާފަށް ހަތިޔާރު" ނެގުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އަދި ހަމަލާދިން ކަމަށް ޝައްކުކުރެވޭ މީހުންގެ ގެތައް ވެސް ވަގުތުން ބަންދުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަލާދިން މީހުންގެ އާއިލާތަކަށް ދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އިނާޔަތްތައް ވެސް ކަނޑާލާނެ ކަމަށް ބޮޑު ވަޒީރުގެ އޮފީހުން ބުނެފައިވެއެވެ. ހުޅަނގު އައްސޭރީގައި ގަވައިދާ ހިލާފަށް ހަދާފައިވާ އާބާދީތައް "ހަރުދަނާކުރުމަށް" އާ ފިޔަވަޅުތަކެއް އެޅުމަށް ވައުދުވި ނަމަވެސް އެކަމުގެ ތަފްސީލެއް ދީފައެއް ނުވެއެވެ. އިޒްރޭލުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ނަތަންޔާހޫގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ޕްރެޝަރު އެމަނިކުފާނަށް އޮތް ކަމަށާއި އޭގެ ތެރޭގައި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރު ބެން-ގްވީރު ވެސް ހިމެނޭ ކަމަށެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ