މާލޭގައި ފެންބޮޑުވުމުން ކުރެއްވި ޓްވީޓްގައި، ސިޔާސީ ބައެއް މީހުން ބުނާ ގޮތުން ނަމަ "އެއަށް ވުރެ ވެސް ހެއްވާ" އެހެން ވާހަކައެއް އެބަ އޮތެވެ. މާލޭގެ މަގުތައް ނުހެދި އޮތީ މާލޭ ސިޓީ ކައުންސިލުން އެ މަގުތައް ހަދަން ކުރިއަށް ގެންދިޔަ މަޝްރޫއު އަނބުރާ ގެންދިއުމުގެ ސަބަބުންނެވެ.
ހަތް އަހަރު ވަންދެން މިނިސްޓަރުކަމުގައި ހުންނެވި އިރު ނުކުރެއްވުނު މަސައްކަތް މުއިއްޒު ވިދާޅުވާ ގޮތުން އޭނާއަށް ކުރެެއްވެން އޮތީ މާލޭގެ މޭޔަރެއްގެ ގޮތުގައި މިހާރު އެ އަދާކުރައްވާ މަގާމުގައި ހުންނަވައިގެންނެވެ. އެހާ ވަރު ވީމާ އެއީ "ސިޔާސީ ގޮތުން ދައްކާ ބޭކާރު ވާހަކަ" ކަން އެންމެ ކޮށި މީހުންނަށް ވެސް އެނގޭނެ އެވެ.ހައްލު ހޯދަން ހަތް އަހަރު ލިބިވަޑައިގެންނެވި ބޭފުޅާ ވެސް ކުރައްވަނީ ޝަކުވާ!

ހައްލު ހޯދަން ހަތް އަހަރު ލިބިވަޑައިގެންނެވި ބޭފުޅާ ވެސް ކުރައްވަނީ ޝަކުވާ!
ލިޔުން:
"ސްޓޯމް ވޯޓާ ގްރެނެއިޓުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ މަސައްކަތް ނިމިގެން ދިޔައިރު މާލޭގެ މަގުތަކުގެ ތެރެއިން އެންމެ ގިނައިން ފެން ހެދޭ ސަރަހައްދުތަކުގައި މިހާރު އެގޮތަކަށް ފެނެއް ނުހެދޭ،" މިއީ 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 31 ވަނަ ދުވަހު އޭރުގެ ހައުސިން މިނިސްޓަރު ވިދާޅުވި ވާހަކަ އެކެވެ.
އެ ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ މިނިސްޓަރު ވިދާޅުވީ މާލޭގައި ފެންބޮޑުވާ ހަނދާން ވެސް މީހުން މިހާރު ނެތް ކަމަށެވެ.
"އެކަންކަން މިހާރު މީހުން ހަނދާންވެސް ނެތޭ ހިސާބަށް ގޮސްފި،" އޭނާ އެ ދުވަހު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި މާލޭގެ މަގުތަކާ ބެހޭ ގޮތުން މި މޭރުމުން ވާހަކަ ދެއްކެވި މިނިސްޓަރަކީ ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމަށް ފަހު އެއް މިނިސްޓްރީއެއްގައި އެއް މަގާމެއްގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ ހަތް އަހަރަށް ވުރެ ދިގު މުއްދަތެއްގައި އެ މަގާމުގައި ހުންނެވި އެވެ. އެއީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުން ފެށިގެން ރައީސް ޔާމީނުގެ ފަސް އަހަރުގެ ދައުރު ނިމެންދެނެވެ.
މާލޭގެ މަގުތަކާއި ރާއްޖޭގެ އިންފްރާސްޓްރަކްޗާއާ ގުޅޭ ގާތްގަނޑަކަށް އެންމެހައި މަސައްކަތްތަކުގެ އެންމެ އިސްފަރާތުގެ ގޮތުގައި ހުންނަވައިގެން އޭނާ ގިނަ ގުނަ މަސައްކަތްތަކެއް ވެސް ކުރެއްވި އެވެ. މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމާއި މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯއްދަވަން ކުރެއްވި މަސައްކަތް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވާ ހަނދާން ނެތިއްޖެ ކަމަށް އޭނާ ވިދާޅުވި ވިދާޅުވުމަކީ އެކަމަށް މަސައްކަތް ކުރެއްވި މިންވަރު ދޭހަވާ ކަމެކެވެ.
[embed]https://twitter.com/MMuizzu/status/1642032553350815744?s=20[/embed]
އޭގެ ފަހުން ހަ އަހަރަށް ވުރެ ގިނަ ދުވަސް ވީ ފަހުން މިއަދު ހެނދުނު މާލޭގައި ފެންބޮޑުވުމުން ސޯޝަލް މީޑިއާގައި އެކަމާ އެންމެ އަވަހަށް "ރިއެކްޓް ކުރެއްވި" އެއް ބޭފުޅަކަށް މި ވީ ވެސް ހަމަ އެ ބޭފުޅާ އެވެ. މުއިއްޒު މިއަދު ވިދާޅުވި ގޮތުގައި މާލޭގައި މިއަދު އެހާ ބޮޑަށް ފެންބޮޑުވެ،، އެ ފެންގަނޑު ނުހިނދި ގިނައިރުވީ ސްޓޯމްވޯޓާ ޕަމްޕްތައް ބަލަހައްޓާ ފަރާތުން [އެމްޑަބްލިއުއެސްސީ] އިން އެ ޕަމްޕްތައް ނުޖައްސައި ގިނަ އިރުވުމުންނެވެ.
މާލޭގައި ފެންބޮޑުވުމުން ކުރެއްވި ޓްވީޓްގައި، ސިޔާސީ ބައެއް މީހުން ބުނާ ގޮތުން ނަމަ "އެއަށް ވުރެ ވެސް ހެއްވާ" އެހެން ވާހަކައެއް އެބަ އޮތެވެ. މާލޭގެ މަގުތައް ނުހެދި އޮތީ މާލޭ ސިޓީ ކައުންސިލުން އެ މަގުތައް ހަދަން ކުރިއަށް ގެންދިޔަ މަޝްރޫއު އަނބުރާ ގެންދިއުމުގެ ސަބަބުންނެވެ.
ހަތް އަހަރު ވަންދެން މިނިސްޓަރުކަމުގައި ހުންނެވި އިރު ނުކުރެއްވުނު މަސައްކަތް މުއިއްޒު ވިދާޅުވާ ގޮތުން އޭނާއަށް ކުރެެއްވެން އޮތީ މާލޭގެ މޭޔަރެއްގެ ގޮތުގައި މިހާރު އެ އަދާކުރައްވާ މަގާމުގައި ހުންނަވައިގެންނެވެ. އެހާ ވަރު ވީމާ އެއީ "ސިޔާސީ ގޮތުން ދައްކާ ބޭކާރު ވާހަކަ" ކަން އެންމެ ކޮށި މީހުންނަށް ވެސް އެނގޭނެ އެވެ.
މާލޭގައި ފެންބޮޑުވުމުން ކުރެއްވި ޓްވީޓްގައި، ސިޔާސީ ބައެއް މީހުން ބުނާ ގޮތުން ނަމަ "އެއަށް ވުރެ ވެސް ހެއްވާ" އެހެން ވާހަކައެއް އެބަ އޮތެވެ. މާލޭގެ މަގުތައް ނުހެދި އޮތީ މާލޭ ސިޓީ ކައުންސިލުން އެ މަގުތައް ހަދަން ކުރިއަށް ގެންދިޔަ މަޝްރޫއު އަނބުރާ ގެންދިއުމުގެ ސަބަބުންނެވެ.
ހަތް އަހަރު ވަންދެން މިނިސްޓަރުކަމުގައި ހުންނެވި އިރު ނުކުރެއްވުނު މަސައްކަތް މުއިއްޒު ވިދާޅުވާ ގޮތުން އޭނާއަށް ކުރެެއްވެން އޮތީ މާލޭގެ މޭޔަރެއްގެ ގޮތުގައި މިހާރު އެ އަދާކުރައްވާ މަގާމުގައި ހުންނަވައިގެންނެވެ. އެހާ ވަރު ވީމާ އެއީ "ސިޔާސީ ގޮތުން ދައްކާ ބޭކާރު ވާހަކަ" ކަން އެންމެ ކޮށި މީހުންނަށް ވެސް އެނގޭނެ އެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
