މާލެ: 31°C

ހަކުރުނާޅައި އާދަވެގެން ކޮފީ ބޯނަމަ ޑިމެންޝިއާ ބަލިޖެހުމުން ދުރުކޮށްދޭ: ދިރާސާ

January 21, 2025
966 ފަހަރު ބަލާފައި
ހަކުރުނާޅައި އާދަވެގެން ކޮފީ ބޯނަމަ ޑިމެންޝިއާ ބަލިޖެހުމުން ދުރުކޮށްދޭ: ދިރާސާ
އުމުރުން ދުވަސްވީ މީހުން ހަކުރުނާޅައި އާދަވެގެން ކޮފީ ބޯނަމަ ޑިމެންޝިއާ ބަލިޖެހުމުން ދުރުކޮށްދޭ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

އުމުރުން ދުވަސްވީ މީހުން ހަކުރުނާޅައި އާދަވެގެން ކޮފީ ބޯނަމަ ޑިމެންޝިއާ ބަލިޖެހުމުން ދުރުކޮށްދޭ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

މިހަގީގަތް ހާމަވެފައިވަނީ އިނގިރޭސިވިލާތުގެ 40 އަހަރާއި 69 އަހާރާއި ދެމެދުގެ އުމުރުފުރާގެ 204،840 މީހުން ހިމަނައިގެން ކުރި ދިރާސާއަކުންނެވެ. މިދިރާސާކުރުމަށްޓަކައި ދިރާސާގެ ބައިވެރިންގެ ކޮފީ ބުއިމުގެ އާދަތަތަކާއި ޑިމެންޝިއާގެ ޚާލަތު ހުރިގޮތް 9 އަހަރުވަންދެން ދިރާސާކޮށްފައިވެއެވެ.

އެ ގޮތުން އެ ދިރާސާގައިވަނީ ދިރާސާގެ ބައިވެރިން 5 ގުރޫޕަކަށް ބަހާލައިގެން ދުވާލަކު 1 ތައްޓާއި 5 ތަށި ކޮފީ ބޯ މީހުންގެ ސިއްހީ މައްސަލަތައް 9 އަހަރުވަންދެން ބަލަހައްޓާފައިވެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މަދުވެގެން 1 ތަށި ކޮފީ ބޯ މީހުންނާއި ކޮފީ ނުބޯ މީހުންނާ އަޅާ ބަލާއިރު ކޮފީ ބޯމީހުންނަށް ތުރުތުރު އަޅާބަލި ޖެހޭ މިންވަރު 37 އިންސައްތަ ދަށެވެ. އަދި އަލްޒައިމާ ބަލި ޖެހޭ ނިސްބަތް 34 އިންސައްތަ ދަށްކަމަށް ފާހަގަކޮށްފައިވެއެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވަނީ ކޮފީ ބޯއިރު ހަކުރު ނޭޅުމުގެ މުހިއްމު ކަމާއި ކެފެއިން އަކީ ޑިމެންޝިއާއިން އިންސާނާގެ ސިނކުނޑި ރައްކާތެރިކޮށްދޭ އެއްޗެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ