މާލެ: 31°C

ހައްޖު ޕާމިޓް ނެތި މީހުން އުފުލާނަމަ ޖަލަށްލާނެ ކަމުގެ އިންޒާރު

June 13, 2023
2 ފަހަރު ބަލާފައި
ހައްޖު ޕާމިޓް ނެތި މީހުން އުފުލާނަމަ ޖަލަށްލާނެ ކަމުގެ އިންޒާރު
ހައްޖު ޕާމިޓް ނެތި މީހުން އުފުލާނަމަ ޖަލަށްލާނެ ކަމުގެ އިންޒާރު
ހައްޖުގެ އަޅުކަން އަދާކުރަން މައްކާ އަށް ދާ މީހުން ގަވައިދާ ހިލާފަށް އުފުލާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން ދީފިއެވެ. ސައުދީ އަރަބިޔާ ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ޕަބްލިކް ސެކިއުރިޓީން ބުނީ ހައްޖުގެ ހުއްދަ ނެތި މައްކާއަށް މީހުން ގެންދަނިކޮށް އަތުލައިގަނެފި ނަމަ ހަ މަސް ދުވަހަށް ޖަލަށްލުމާއި އެކު އެ މީހަކު 50،000 (13،000 ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ޑައިރެކްޓްރޭޓުން ފާހަގަކުރި ގޮތުގައި މީހުން އުފުލާ އަދަދު އިތުރުވާނަމަ މާލީ ޖޫރިމަނާގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެން ދާނެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ގަވާއިދާ ހިލާފަށް މީހުން އުފުލަން ބޭނުންކުރާ އުޅަނދު ހިފެހައްޓާނެއެވެ. ބިދޭސީ އެއް ނަމަ ޖަލު ހުކުމެއް އަންނާނެއެވެ. އޭގެ ފަހުން ޑީޕޯޓްކޮށްލެވޭނެއެވެ. ހައްޖާއި އުމްރާގެ ގަވާއިދުތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް ވެސް ޕަބްލިކް ސެކިއުރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މައްކާ، ރިޔާޒް އަދި އިރުމަތީ ޕްރޮވިންސްގެ ސަރަޙައްދުތަކުގެ ނަންބަރު 911 އަދި ސައުދީގެ އެހެން ސަރަޙައްދުތަކުގެ 999 ނަމްބަރަށް ގުޅައިގެން އެފަދަ އެއްވެސް ކަމެއް ހިންގާނަމަ އެކަން ރިޕޯޓްކުރުމަށް ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ