ވިކްރަމަސޫރިޔާ ވިދާޅުވީ ސަލާމަތްކުރި މީހުންގެ ތެރޭގައި 39 އަންހެނުންނާއި 23 ކުޑަކުދިން ހިމެނޭ ކަމަށެވެ. ސަލާމަތްކުރި މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ ފިރިހެނަކާއި އަންހެނަކާއި އެ އަންހެން މީހާގެ ދެ ދަރިންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މިޔަންމާ ގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން މަރާއި ރޭޕްކޮށްފައިވެއެވެ. އެހެންވެ އަނިޔާއިން ސަލާމަތްވާން 730،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.ހާލުގައި ޖެހުނު 100 އެއްހާ ރޮހިންޔާ މީހުން ސަލާމަތްކޮށްފި

ހާލުގައި ޖެހުނު 100 އެއްހާ ރޮހިންޔާ މީހުން ސަލާމަތްކޮށްފި
ލިޔުން:
ސްރީލަންކާގެ އުތުރުގެ އައްސޭރިފަށަށް ބެހިގެންދިޔަ ރޮހިންޔާ ދަރިކޮޅުގެ 104 މީހަކު އެގައުމުގެ ކަނޑުގެ އަސްކަރިއްޔާއިން ސަލާމަތްކޮށްފިއެވެ.
މިޔަންމާގެ އަސްކަރިއްޔާގެ ހަމަނުޖެހުންތަކުން ސަލާމަތްވެ، ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވެއެވެ. އދ އިން ބުނީ އަސްކަރީ އޮޕަރޭޝަނަކީ "ޖަރީމާގެ މަގްސަދުގައި" ހިންގި އޮޕަރޭޝަނެއް ކަމަށާއި މިޔަންމާގެ އޮފިޝަލުންގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ބަންގްލަދޭޝް އާއި މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ މީހުންގެ ގިނަ ބަޔަކު، ކޮންމެ އަހަރަކު ވެސް ފުރާނަ ނުރައްކަލަށް ވެއްޓެނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތައް ކަމަށްވާ މެލޭޝިއާ އާއި އިންޑޮނޭޝިއާ ފަދަ ގައުމުތަކަށް ކަނޑުމަގުގައި އެތެރެވާން މަސައްކަތް ކޮށްގެންނެވެ. ރެފިއުޖީ ކޭމްޕްތަކުގެ ހާލަތު ގޯސްވީ މިދިޔަ އަހަރު މިޔަންމާގައި ހިންގި އަސްކަރީ ބަގާވާތާ ގުޅިގެން އެ މީހުންގެ އަދަދު އިތުރުވުމުންނެވެ.
ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ބުނީ ރޮހިންޖާ މީހުން ދަތުރުކުރި ބޯޓު އެންމެ ފުރަތަމަ ފެނުނީ ގޮނޑުދޮށާ 3.5 ނޯޓިކަލް މޭލު (6.5 ކިލޯމީޓަރު) ދުރުގައި ވަނިކޮށް ކަމަށެވެ.
ލަންކާ ކަނޑުގެ އަސްކަރިއްޔާގެ ތަރުޖަމާނު ކެޕްޓަން ގަޔާން ވިކްރަމަސޫރިޔާ ވިދާޅުވީ އެ ބޯޓު އެ ގައުމުގެ އުތުރު ބަނދަރަށް ގެންގޮސް މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފެށީ އާދީއްތަ ދުވަހުގެ ރޭ ކަމަށެވެ. ރޮއިޓާސް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ވިކްރަމަސޫރިޔާ ވިދާޅުވީ އެ މީހުން މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. "ފުލުހުން ދެން ނިންމާނީ، ކޯޓަށް ހާޒިރުކޮށް އެ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅެއް" ތަރުޖަމާނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
