މާލެ: 31°C

ގަލްފު ގައުމުތަކުން ދިން ޝޮކަކާ އެކު ތެލުގެ އަގު އުފުލިއްޖެ

April 4, 2023
2 ފަހަރު ބަލާފައި
ގަލްފު ގައުމުތަކުން ދިން ޝޮކަކާ އެކު ތެލުގެ އަގު އުފުލިއްޖެ
ގަލްފު ގައުމުތަކުން ދިން ޝޮކަކާ އެކު ތެލުގެ އަގު އުފުލިއްޖެ
ތެޔޮ ސާފުކުރާ މިންވަރު ކުށްލިއަކަށް ދަށްކޮށްލައި، ބައިނަލް އަގުވާމީ ތެލުގެ ބާޒާރަށް ގަލްފުގެ ގައުމުތަކުން ދިން ޝޮކެއްގެ ސަބަބުން ތެލުގެ އަގު ބޮޑުތަނުން އުފުލިއްޖެ އެވެ. ބީބީސީ ބުނި ގޮތުގައި ސައުދީ އަރަބިއްޔާއާއި އިރާގާއި ގަލްފުގެ އެހެން ބައެެއް ގައުމުތަކުން ތެޔޮ ސާފުކުރާ ވަރު ދުވާލަކަށް މިލިޔަނެއްގެ ރޭޓުން ދަށްކުރާނެ ކަން އިއުލާނުކުރީ އިއްޔެ އެވެ. އެގައުމުތަކުން އެގޮތަށް އިއުލާނުކުރުމާއި އެކު، ބައިނަލް އަގުވާމީ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ އެއް ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު މިހާރު ވަނީ ފީފާއަކަށް 85 ޑޮލަރުގެ ރޭޓުން ބޮޑުވެފަ އެވެ. އެއީ ޢިއްޔެއާ ހަމައަށް ތެލުގެ އަގު ހުރި ވަރާ އަޅައި ބަލާއިރު ހަ ޕަސެންޓްގެ ބޮޑުވުކެވެ. ގަލްފު ގައުމުތަކުން ތެޔޮ ސާފުކުރާ ވަރު ދަށްކުރުމުގެ އިތުރުން، ތެލުގެ އަގު ބޮޑުވާން މެދުވެރި އަނެއް ސަބަބަކީ ރަޝިޔާއިން ތެޔޮ ސާފުކުރާ މިންވަރު ދަށްކޮށްފައި އޮތް އޮތުން މިއަހަރު ނިމެންދެން ދަމަހައްޓާނެ ކަމަށް އެގައުމުން އިއުލާނުކޮށްފައި ވުމެވެ. އިގުތިސާދީ މާހިރުން ވިދާޅުވެފައިވާ ގޮތުގައި މިއީ ދުނިޔޭގެ ގިނަ ގައުމުތަކަށް މިހާރު ވެސް ކުރިމަތިވެފައިވާ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ މައްސަލަ އިތުރަށް ގޯސްވާނެ ކަމެކެވެ. ތެލުގެ އަގު ބޮޑުވުމުން، ތެލުވެ ބާޒާރުގެ އެންމެ ވަރުގަދަ ކުންފުނިތައް ކަމަށްވާ ބީޕީއާއި ޝެލްގެ ހިއްސާގެ އަގު ވެސް ވަނީ އުފުލިފަ އެވެ. އެ ދެ ކުންފުނީގެ ހިއްސާގެ އަގު ބޮޑުވީ ހަތަރުޕަސެންޓުންނެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިފަހުން އުފުލުނީ ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ހިސާބުންނެވެ. އެހެން ނަމަވެސް ތެލުގެ ބާޒާރު އޭގެ ފަހުން ހަމައަކަަށް އެޅި، އިއްޔެއާ ހަމައަށް ހުރީ ހަނގުރާމައިގެ ކުރިން ވެސް ތެލުގެ އަގު ހުރި ރޭންޖުގަ އެވެ. ތެލުގެ އަގު ދަށްކުރުމަށް ޓަކައި ތެޔޮސާފުކުރާ މިންވަރު އިތުރުކުރަން އެމެރިކާއިން ވަނީ ތެޔޮ އުފައްދާ ގައުމުތަކަށް ގޮވާލައިފަ އެވެ. އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވެފައިވާ ގޮތުގައި ބާޒާރުގައި މިހާރު އޮތް ނުތަނަވަސްކަން އެގޮތަށް އޮއްވާ،ތެޔޮ އުފައްދާ މިންވަރު މަދުކުރުމަކީ ރަނގަޅުކަމެއް ނޫންކަން އެގައުމުން ވާނީ އެގައުމުތަކަށް ސާފުކޮށް އަންގައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ