މާލެ: 31°C
ގްރިޑެއް ފެއިލްވެ، މުޅި ޕާކިސްތާނުން ކަރަންޓު ކެނޑިއްޖެ

ގްރިޑެއް ފެއިލްވެ، މުޅި ޕާކިސްތާނުން ކަރަންޓު ކެނޑިއްޖެ

23 ޖަނަވަރީ 2023
15 ފަހަރު ބަލާފައި
ގްރިޑެއް ފެއިލްވެ، މުޅި ޕާކިސްތާނުން ކަރަންޓު ކެނޑިއްޖެ
ޕާކިސްތާނުގެ ޕަވަގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި މުޅި އެގައުމުން ކަރަންޓު ކެނޑިއްޖެ އެވެ. ޕާކިސްތާނުގެ އެނާޖީ މިނިސްޓަރު ޚުއްރަމް ދަސްތާގިރު އެގައުމުގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ފިނިމޫސުމުގައި ރޭގަނޑުގެ ވަކިގަޑިއެއްގައި ކަރަންޓް ކަނޑައިލުމަކީ ތެލަށް ކުރާ ހަރަދުކުޑަކުރަން އެގައުމުގައި ކުރާ ކަމެއް ކަަމަށެވެ. އެގޮތުން ރޭ ކަރަންޓް ކެނޑުމަށް ފަހު މިއަދު ހެނދުނު އަލުން ކަރަންޓް ދިނުމާއި އެކު ދެ ސަރަހައްދެއްގެ ފްރިކުއެންސީއަށް ބަދަލު އައިކަމަށް ރިޕޯޓްކުރި ކަމަށާއި އެއާ އެކު އެ ބަދަލުގެ ސަބަބުން ފަހަރަކު ޔުނިޓެއް ނިވެމުން ގޮސް ކަރަންޓް ކެނޑުނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ ހައްލުކޮށް  މުޅި ޕާކިސްތާނަށް އަލުން ކަރަންޓުދޭން 12 ގަޑި އިރު ހޭދަވެދާނެ ކަމަށާއި އެހެން ނަމަވެސް މިހާރު ބައެއް ސަރަހައްދުތަކަށް ކަރަންޓްދީފައިވާ ކަމަށް ވެސް ދަސްތާގިރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަމަށް ހޭދަވާނީ ކިހާ ވަގުތެއްތޯ ޕާކިސްތާނުގެ ކަމާ ބެހޭ އޮފިޝަލުންނާ އަލްޖަޒީރާއިން ސުވާލުކުރުމުންް އޮފިޝަލުން ޖަވާބު ނުދޭ ކަމަށް އެ އެޖެންސީން ބުންޏެވެ. ކަަރަންޓު ކެނޑުމުގެ ސަބަބުން ޕާކިސްތާނުގެ ބޮޑެތި ޝަހަރުތަކުގެ އަސާސީ ގައި ހިދުމަތްތަކަކަށް ވަނީ ބުރޫ އަރައިފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ