މާލެ: 31°C

ގްރީސް ރޭލު އެކްސިޑެންޓް: ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާދީފި

March 1, 2023
2 ފަހަރު ބަލާފައި
ގްރީސް ރޭލު އެކްސިޑެންޓް: ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާދީފި
ގްރީސް ރޭލު އެކްސިޑެންޓް: ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާދީފި
ގްރީސްގައި ރޭ ދެ ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 35 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއާ ގުޅިގެން އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ކޮސްޓަސް ކަރަމަންލިސް އިސްތިއުފާ ދެއްވައިފިއެވެ. ކޮސްޓަސް ވިދާޅުވި މަރުވި މީހުންނަށް އިހުތިރާމް ކުރުމުގެ ގޮތުން އިސްތިއުފާ ދެއްވުމަކީ އޭނާގެ "ވާޖިބެއް" ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގުނު ނަމަވެސް ލާރިސާ ސިޓީގެ ސްޓޭޝަންމާސްޓަރެއް ވަނީ ހައްޔަރުކޮށްފައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު މެދުތެރޭގެ ސިޓީއެއް ކަމަށްވާ ލާރިސާގެ ބޭރުގައި ވެރިރަށް އެތެންސްއިން ތެސަލޮނިކީއަށް ދަތުރުކުރަމުންދިޔަ ޕެސެންޖާ ރޭލެއް އުތުރުގެ ސިޓީން ދަތުރުކުރި މުދާ އުފުލާ ރޭލެއްގައި ޖެހިގެންނެވެ. ރޭލް އޮޕަރޭޓަރު ހެލެނިކް ޓްރެއިން އިން ރިޕޯޓްކޮށްފައިވާ ގޮތުން ރޭލުން އެ ވަގުތު 350 މީހުން ދިޔައީ ދަތުރުކުރަމުންނެވެ. އެކްސިޑެންޓުގައި 66 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. 250 އެއްހާ ފަސިންޖަރުން ވަނީ ބަހުގައި ރައްކާތެރިކަމާއެކު 130 ކިލޯމީޓަރު (80 މޭލު) ދުރުގައި އޮންނަ ތެސަލޮނިކީއަށް ގެންގޮސްފައެވެ. ބޮޑުވަޒީރު ކިރިޔާކޯސް މިޓްސޯޓަކިސްގެ އޮފީހުން ވަނީ ގައުމީ ހިތާމައިގެ ތިން ދުވަހުގެ މުއްދަތެއް އިއުލާނުކޮށްފަ އެވެ. ގްރީސްގެ ރައީސް ކެޓެރީނާ ސަކެލަރޯޕޮލޯ މޯލްޑޯވާއަށް ކުރެއްވި ދަތުރުފުޅު ކުރުކުރެއްވުމަށް ފަހު ވަނީ އަނބުރާ ގައުމަށް ވަޑައިގެންފައެވެ. ތެސެލީގެ ރީޖަނަލް ގަވަރުނަރު ކޮންސްޓަންޓިނޯސް އަގޯރަސްޓޮސް ވިދާޅުވީ ދެ ރޭލުވެސް ދަތުރުކުރަމުން ދިޔައީ ބާރު ސްޕީޑެއްފައި ކަމަށެވެ. "އެމީހުން ދަތުރުކުރަމުން ދިޔައީ ބާރު ސްޕީޑުގައި، އެކަކަށް [ޑްރައިވަރަކަށް] ނޭނގޭ އަނެއް މީހާ އަންނާނެކަން،" އޭނާ ވިދާޅުވިއެވެ. އެކްސިޑެންޓްގައި ޕެސެންޖަރު ރޭލުގެ ފުރަތަމަ ހަތަރު ކެރެޖް ފަޅައިގެން ގޮސްފައިވާއިރު، އަލިފާން ރޯވި ފުރަތަމަ ދެ ކެރެޖް "ގާތްގަނޑަކަށް މުޅިން ހަލާކުވެފައިވާ" ކަމަށް އެގޯރަސްޓޮސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ