ގްރީސްގެ ރޭލު އެކްސިޑެންޓް: މަރުވި މީހުންގެ އަދަދު 57 އަށް އަރައިފި

ގްރީސްގެ ރޭލު އެކްސިޑެންޓް: މަރުވި މީހުންގެ އަދަދު 57 އަށް އަރައިފި
ލިޔުން:
ގްރީސްގައި އަންގާރަ ދުވަހު ހިނގި ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 57 އަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުން ހާދިސާ ހިނގި ސަރަހައްދުން މިހާތަނަށް 57 މީހެއްގެ ހަށިގަނޑު ވަނީ ނަގާފައެވެ.
ގްރީސް ސަރުކާރުގެ ވަޒީރަކު ވިދާޅުވީ 2000 ގެ އަހަރުތަކުގައި އެ ގައުމުގެ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި ކަސްތޮޅު އެޅުމުގެ ސަބަބުން ރޭލްވޭއަށް އިންވެސްޓް ނުކުރެވޭ ކަމަށެވެ.
ކާރިސާއާ ގުޅިގެން ރޭލުގައި މަސައްކަތްކުރާ ފަރާތްތަކުން ބުރާސްފަތި ދުވަހު ވަނީ އެއް ދުވަހުގެ ހަޅުތާލެއް ކުރިއަށް ގެންގޮސްފައެވެ. އެކްސިޑެންޓުގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް އެ މީހުން ތުހުމަތުކުރެއެވެ. އެއްވުމުގައި 2000 ހެއްހާ މީހުން ވަނީ ބައިވެރިވެފައެވެ.
އެތެންސްގެ ޕެންޝަނަރު ސްޓެވްރޯސް ނަންޓިސް ވިދާޅުވި ގޮތުގައި ގްރީސްގެ ރޭލްވޭގެ ހާލަތު ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
ރޮއިޓާސް ނިއުސް އެޖެންސީއަށް ދިން ރެސްކިއު ޓީމުގެ މެމްބަރަކު ބުނީ މިއީ އެންމެ އުނދަގޫ ވަގުތު ކަމަށާއި ސަބަބަކީ ފުރާނަ ސަލާމަތް ކުރުމުގެ ބަދަލުގައި ހަށިތައް ހޯދަން ޖެހޭތީ" ކަމަށެވެ.
350 މީހުންނާއެކު ދަތުރުކުރަމުންދިޔަ ފަސިންޖާ ރޭލު އެހެން ރޭލެއްގައި ޖެހުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކުރިމަތީގައި ހުރި ކާރުތަކުގައި އަލިފާން ރޯވިއެވެ.
ރޭލްވޭގެ މަސައްކަތްތެރިންގެ ހަޅުތާލުގެ ސަބަބުން ރޭލް ދަތުރުތަކާއި އެތެންސްގެ ސަބްވޭއަށް ވަނީ ބުރޫ އަރާފައެވެ.
ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު ކޮސްޓަސް ކަރަމަންލިސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވުމަށް ފަހު ވިދާޅުވީ 21 ވަނަ ގަރުނަށް ނުފެތޭ ރޭލްވޭ ސިސްޓަމެއް ހަމަޖެއްސުމުގައި ކަމާބެހޭ ފަރާތްތަކުން ޒަމާނުއްސުރެ ކުރަމުން އައި ނާކާމިޔާބީގެ ޒިންމާ ނަގާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
